ބުދަ. ޑިސެމް 25th, 2024

ޒުވާނުންގެ އެވޯޑްގައި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްގެ ފަރާތުން ޒުވާނުންގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ޒުވާނުންގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 17 ދާއިރާއަކުން ނަމޫނާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރާ ޒުވާން ފިރިހެނުންނާއި އަންހެނުންގެ އަގު ވަޒަންކުރުމަށެވެ.

ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެކަން ފަސްކޮށްފައެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 02:00 ގެ ކުރިން އަލުން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފިޒިކަލް އެޕްލިކޭޝަން ތައް ޔޫތު މިނިސްޓްރީން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު ފަހު 02:00 އަށެވެ. އަދި އީމެއިލް މެދުވެރިކޮށް info@youth.gov.mv ހުށަހެޅޭނެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ އިނާމަކީ ގައުމީ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް، ޒުވާނުންނަކީ މުޖުތަމައުގެ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ވުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *