ނ.ހޮޅުދޫގެ ގެއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ހޮޅުދޫގެ ގެއަކުން އަންހެނަކު ޒަހަމްވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ކަމަށެވެ.
ފުލުހުން އެ ރިޕޯޓަށް އެޓެންޑްކޮށް އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދިއުމުން އޭނާ މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާއަކީ އުމުރުން 50 އަހަރުގެ ދިވެހި ރައްޔިތެއް ކަމަށެވެ.