އަން. ޑިސެމް 24th, 2024

ސިވިލް ކޯޓުގެ އިސް ގާޒީއާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީއަށް ހުށަހެޅިއްޖެ

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. މި ޝަކުވާތައް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުގެ ބައެއް މުވައްޒަފުންނެވެ.

މުވައްޒަފުންގެ މައިގަނޑު ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވެރިންނަށް ފެންނަ ބަޔަކު ނުފޫޒުން މަގާމުތަކަށް ނެގުމާއި، މުވައްޒަފުން ނެގުމުގެ އިމްތިހާން ވަކި ބަޔަކަށް ފަސޭހަވާގޮތަށް ހެދުމެވެ. މީގެ އިތުރުން، އިންޓަވިއުގެ ޕްރެޒެންޓޭޝަން އިސް ގާޒީ ހިމެނޭގޮތަށް ވެރިން ތައްޔާރުކޮށްދޭ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ޝަކުވާގައި ބުނެފައިވާ ގޮތުން، އިސް ގާޒީގެ އޮފީހުގެ ލޮގިން ބޭނުންކޮށްގެން ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށްދިން ކަމަށް ތުހުމަތުކޮށްފައިވެއެވެ. ”ޕްރެޒެންޓޭޝަން ތައްޔާރު ކޮށްފައިވަނީ އިސް ގާޒީގެ ލޮގިން ބޭނުން ކޮށްގެން މުވައްޒަފަކުނަމަ ކޯޓުގެ އިދާރީ މުވައްޒަފަކަށް ގާޒީގެ ލޮގިން ދިނުމަކީ ސުލޫކީ މިންގަނޑުން ބޭރު ކަމެކެވެ،“ ޝަކުވާގައި ބުނެފައިވެއެވެ.

މުވައްޒަފުން މި މައްސަލަ ހުށަހެޅުމާ ގުޅިގެން ވަޒީފާގެ ރައްކާތެރިކަމަށް އެދިފައިވާކަންވެސް ފާހަގަކުރެވެއެވެ.

މަރިޔަމް ވަހީދު ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެވުނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުއެވެ. ޖޭއެސްސީއިން މީގެ ކުރިންވެސް މަރިޔަމް ވަހީދުގެ ބައެއް މައްސަލަތައް ބަލާފައިވާކަން ފާހަގަކުރެވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *