އަން. ޑިސެމް 24th, 2024

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ސްޓެލްކޯގެ ނަމުގައި ކަސްޓަމަރުންނަށް ގުޅައި އޮޅުވާލުމަށް މަސައްކަތްކުރާ ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންގެ ޒާތީ އަދި މާލީ މައުލޫމާތު ފޯނުން ގުޅައިގެން ނުހޯދާނެ ކަމަށެވެ. އަދި ޝައްކުކުރެވޭ ފަރާތަކުން ގުޅައިފިނަމަ ޒާތީ މައުލޫމާތު ނުދިނުމަށާއި، ސްޓެލްކޯގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް މުއާމަލާތްތައް ކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ކުރިން ސަރުކާރުގެ އެހެން ކުންފުނިތަކުގެ ނަމުގައި ވެސް މިފަދަ ސްކޭމް ކޯލްތައް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ފުލުހުންގެ މައުލޫމާތުން، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް، 782 ޑިވައިސް ނެޓްވޯކް، 297 ސިމްކާޑު އަދި 70 ވެބް ލިންކް ބްލޮކްކޮށްފައިވެއެވެ.

މި މައްސަލައިގައި ރައްޔިތުން ސަމާލުވެ، ޝައްކުކުރެވޭ ކޯލްތަކާ މެދު ފުލުހުންނަށް އަންގައި، އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އިސްކަންދިނުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *