އަން. ޑިސެމް 24th, 2024

ރަހީނު ހާދިސާގައި އަންހެނާ ސަލާމަތްވީ ފުލުހަކަށް އަނިޔާވެގެން: ސީޕީ

ފޮޓޯ: ނިޝާން އަލީ - މިހާރު

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާއެއްގައި އަންހެނަކު ސަލާމަތްކުރުމަށް މަސައްކަތްކުރި ފުލުސް މީހެއްގެ އަތަށް އަނިޔާވެއްޖެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ، މި ހާދިސާގައި ހިމެނޭ މީހުންނަށް އަނިޔާއެއް ނުވެ ސަލާމަތްވީ، އެ މީހުން ރައްކާތެރިކޮށްދޭން އުޅުނު ފުލުސް މީހާއަށް އަނިޔާވެގެން ކަމަށެވެ.

މި ހާދިސާގައި އަންހެން މީހާ ސަލާމަތް ކޮށްފައިވަނީ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ކުށްވެރިޔާގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. މި ހާދިސާގައި އަންހެން މީހާއަށް މާ ބޮޑު އަނިޔާއެއް ނުވާކަން ފާހަގަކުރެވެއެވެ.

ސީޕީ ޝުޖާއު އިތުރަށް ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ އެކަމުގައި ރިސްކު އެކުލެވިގެންވާ ކަމެއް ކަން ފުލުހުންނާއި އާއިލާތަކުން ގަބޫލުކުރާ ކަމަށެވެ. އަދި ކޮންމެ ފުލަހަކު ވެސް ކޮންމެ ދުވަހަކު ވެސް ބަލަނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ކުށްކުރާ ގުރޫޕުތަކާއި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް ފުލުހުން އިތުރަށް ހަރުދަނާ ވާން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ކުށްކުރާ ފަރާތްތަކުގެ ބިމަކަށް މިގައުމު ވިޔަނުދިނުމަށް ފުލުހުން ކުރާ ބުރަމަސައްކަތް ރައްޔިތުން ބަލައިގަންނަ ކަން ފާހަގަ ކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ ފުލުހުން މިނިވަން، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސި ދުވަސް ފާހަގަ ކުރުމަށެވެ. މިގޮތަށް ކަނޑައެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސެޕް

Related Post

Leave a Reply

Your email address will not be published. Required fields are marked *