ހޯމަ. ޑިސެމް 23rd, 2024

ފިނޮޅަކަށް ދިޔަ 43 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ފޮޓޯ: އާއިލާ

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އިއްޔެ ދަތުރުކުރި 43 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ މ. އަސަރީ ހަނދާން، ތަސްލީމް މުޙައްމަދު (43 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގައެވެ.

ފުލުހުން ވަނީ ތަސްލީމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ނުވަތަ އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ފިނޮޅަށް ދަތުރުކުރި ބަޔަކު އުޅޭނަމަ، ހިންމަފުށި ޕޮލިސް ސްޓޭޝަނަށް (ނަންބަރު: 9794639) ގުޅައި އެންގުމަށް އެދިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދަމުންނެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *