ހޯމަ. ޑިސެމް 23rd, 2024

ރައީސް މުޢިއްޒު: އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ބޭނުންނުކުރައްވާ

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުންކުރައްވާފައި ނުވާ ކަމަށެވެ.

ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އުސޫލުތަކުގައިވާ ގޮތުން އަމިއްލަ ދަތުރުފުޅުތަކަށްވެސް ރަސްމީ ގެކޮޅު، މުލީއާގޭގެ ބަޖެޓުން ބޭނުންކުރެވިދާނެ ނަމަވެސް، މިހާތަނަށް އެފަދަ އެއްވެސް ދަތުރުފުޅަކަށް އެ ބަޖެޓުން ބޭނުންކުރައްވާފައި ނުވާ ކަމަށެވެ.

”އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ޓިކެޓު ވިޔަސް، އެކޮމޮޑޭޝަން ވިޔަސް، އެއްވެސް ޚަރަދެއް، އަޅުގަނޑުގެ ވެސް އަޅުގަނޑުގެ އަންހެނުން ވިޔަސް ކުދިން ވިޔަސް އެއްވެސް މީހެއްގެ ޚަރަދެއް އަޅުގަނޑުގެ އަމިއްލަ ދަތުރެއްގައި ނޯންނާނެ އަމިއްލައަށް ނޫނިއްޔާ ކޮށްފައެއް,“ ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމަށް ހުވާކުރެއްވުމަށްފަހު މުލީއާގެ މަރާމާތުކޮށް ނިމެންދެން، އަމިއްލަ ގެކޮޅުގައި ހުންނެވިއިރުވެސް ހުރިހާ ޚަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށާއި، އެ ޚަރަދު ދައުލަތަށް ބިލްވެސް ނުކުރައްވާ ކަމަށެވެ.

މި ސަރުކާރުން ވަނީ ރައީސާއި ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އާންމުކުރުމުގެ ސިޔާސަތެއް ތަންފީޒުކުރަން ފަށާފައެވެ. މީގެ މަޤްޞަދަކީ ވެރިން ކުރާ ޚަރަދުތައް ދެފުށް ފެންނަ ގޮތެއްގައި ކޮށް، އިސްރާފު މަދުކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *