އަން. ޑިސެމް 24th, 2024

ވައިރަލް ހުމާއި ރޯގާގެ ކޭސްތައް މަދުވެއްޖެ

ސަން ފޮޓޯ: ފަޔާޒު މޫސާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހު ރިޕޯޓުކުރި ވައިރަލް ހުމާއި ރޯގާގެ ކޭސްތައް ވަނީ މަދުވެފައެވެ.

އެޗްޕީއޭ އިން ”ސަން“ އަށް ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ ދެވަނަ ހަފުތާއާ އަޅާބަލާއިރު ތިންވަނަ ހަފުތާގައި ވައިރަލް ހުމާއި ރޯގާގެ ކޭސްތައް ވަނީ މަދުވެފައެވެ. ވައިރަލް ހުމުގެ ކޭސްތައް 21.9 އިންސައްތަ ދަށްވެ، 2,700 އިން 2,110 އަށް މަދުވެފައިވާއިރު، އަރިދަފުސް ރޯގާގެ ކޭސްތައް 10.6 އިންސައްތަ ދަށްވެ، 6,861 އިން 6,132 އަށް ވަނީ މަދުވެފައެވެ.

ވައިރަލް ހުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލޭ ސަރަހައްދާއި ހދ. އަތޮޅު އަދި ރ. އަތޮޅުންނެވެ. އަދި އަރިދަފުސް ރޯގާ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލޭ ސަރަހައްދާއި ލ. އަތޮޅު އަދި ރ. އަތޮޅުންނެވެ.

ވިއްސާރަ މޫސުމަކަށްވުމާ ގުޅިގެން ހުމާއި ރޯގާގެ އިތުރުން މަދިރީން ޖެހޭ ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް އެޗްޕީއޭ އިން ބުނެ، މި ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *