ބުދަ. ޑިސެމް 25th, 2024

މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ހަދާ ތަނަކުން 15 ބިދޭސީން ހިފަހައްޓައިފި

ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ހޯދައި، އެތަނުން 15 ބިދޭސީން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، ހ. ބިއަންކާގޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެތަން ބަލައި ފާސްކުރެވުނެވެ. މި އޮޕަރޭޝަނުގައި ކަމާ ގުޅުންހުރި އެހެން އިދާރާތައްވެސް ބައިވެރިވިއެވެ.

”މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި،“ އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ޙިއްޞާކުރި ފޮޓޯތަކުން ދައްކާގޮތުގައި، އެތަނުގެ ސާފުތާހިރުކަން ވަރަށް ދަށް ފެންވަރެއްގައި ހުއްޓެވެ. މޭޒުމަތީގައި ރިހަ އަޅާފައިވާ ތެލިތަކާއި، ޕްލާސްޓިކް ކޮތަޅުތަކަށް އަޅާފައިވާ ބަތް ފެނުނެވެ. އަދި ބޮޑެތި ކެއުންތައް ތައްޔާރުކުރާ އުނދުނާއި ތެލިވެސް އެތަނުގައި ހުއްޓެވެ.

ބެލެވޭ ގޮތުގައި މިއީ ބިދޭސީންނަށް ކެއުން ތައްޔާރުކުރާ ތަނެކެވެ. މިފަދަ އޮޕަރޭޝަންތައް އިމިގްރޭޝަނުން ކުރިންވެސް ހިންގާފައިވެއެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *