ހޯމަ. ޑިސެމް 23rd, 2024

ހުޅުމާލެ ފޭސް 2 އިން އޮކްޓޫބަރުގެ ނިޔަލަށް ގޯތި ދޫކުރުން ނިންމާނެކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެއްޖެ

housing minister : Dr Ali Haidar Ahmed

ހުޅުމާލެ ފޭސް 2 އިން ގޯތި ދޫކުރުމުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލައި، ހުޅުމާލެ ފޭސް 3 އިން ގޯތި ދޫކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް 2 އިން ޖުމުލަ 1،407 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 623 ގޯތި މިހާރު ވަނީ ދޫކޮށްފައެވެ.

ހުޅުމާލެ ފޭސް 3 އިން 699 މީހުންނަށް ގޯތި ލިބިފައިވާ ކަމަށާއި، އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ނިމުމާއެކު އަންނަ ނޮވެމްބަރު މަހު ގޯތި ދޫކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ގިރާވަރު ފަޅުން ގޯތި ލިބިފައިވާ 1،347 މީހުންގެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، ނަމަވެސް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ދާތީ، ގޯތި ދޫކުރެވޭނެ ވަކި ތާރީޚެއް މިވަގުތު ކަނޑައެޅިފައި ނުވާ ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ކުރިއަށް ގެންދަނީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *