އަން. ޑިސެމް 24th, 2024

ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދާ ނެގުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ހިއްކާފައިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ރައްކާކޮށްފައި ހުރި މުދާ ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އަމުރެއް ނެރެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި އަދި ތިން ވަނަ ފިޔަވަހީގެ ހުސް ގޯތިތަކުގައި ބަހައްޓާފައި ހުރި މުދާ ނެގުމަށް އެޗްޑީސީން އަންގާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ތަކެތީގެ ވެރިފަރާތުން އެގޮތަށް އަމަލުނުކުރެ އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންތައް އަދިވެސް ބޭނުންކުރަނީ ގަވާއިދާ ހިލާފަށް މުދަލާއި ސާމާނު ރައްކާކުރުމަށް ކަމަށެވެ. އެ މީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުތައް ހުސް ނުކޮށްފި ނަމަ، އެތަނުގައި ހުރި މުދަލަކީ ބޭނުން ނުވާ މުދަލެއް ކަމަށް ބަލައި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ސަރަހައްދުތައް ހުސްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ބިން ހުސްކުރުމުގެ މަރުހަލާގައި އެގޮތަށް ރައްކާކޮށްފައި ހުންނަ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *