ހޯމަ. ޑިސެމް 23rd, 2024

މާލެ ޕާކިން ސްލޮޓްތައް ދޫކުރުން މެދުކަނޑާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި

މާލޭގެ މަގުތަކުން ޕްރައިވެޓް ޕާކިން ސްލޮޓްތައް ދޫކުރުން މެދުކަނޑާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގައި އާންމުކޮށް ބޭނުންކުރުމަށް ވެސް ޖާގަ ލިމިޓްވެފައިވާ ކަމަށާއި ވަގުތީ ގޮތުން ޕާކު ކުރާނެ ތަންތަން ހޯދުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން، މަގުމަތީގެ ތަންތަން ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ޕާކިން ސްޕޮޓްތައް ކުއްޔަށް ދިނުން ވަގުތުން ވަގުތަށް މެދުކަނޑާލުމަށް މިނިސްޓްރީން ވަނީ ކައުންސިލަށް އަންގާފައެވެ.

އަދި މިހާރު ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ސްލޮޓެއްގެ ކުލި ވެސް އާކޮށްގެން ނުވާނެ ކަމަށާއި އެކަން ކައުންސިލަށް ވެސް އަންގާފައިވާ ކަމަށެވެ.

މާލޭ ގެ މަގުތަކުގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުން 450 ޕާކިން ސްޕޮޓް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ އިއުލާން ކުރި އެވެ. މި ސްޕޮޓްތަކަށް ގާތްގަނޑަކަށް 1000 އެއްހާ ފޯމު ހުށަހަޅާފައިވާއިރު، ކާމިޔާބު ފޯމުތައް ކަނޑައެޅުމަށް ކައުންސިލުން ވަނީ ޑްރޯއެއް ކުރިއަށް ގެންގޮސްފައެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *