ހޯމަ. ޑިސެމް 23rd, 2024

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު، ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

photo: president office

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އ.ދ.ގެ 79 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި، ޔޫ.އެން.ޖީ.އޭ 79 އަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ހެޑް އޮފް ޑެލިގޭޝަން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގް ޔީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ އެއްބަސްވުންތަކާއި މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ކުރިއެރުމަށް ކުރާ ހެޔޮ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޖަވާބުގައި މިނިސްޓަރ ވަންގް ޔީ ވަނީ ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖޭގެ ތަރައްގީގެ ހަރުދަނާ ބައިވެރިއެއްގެ ހައިސިއްޔަތުން ޗައިނާއިން އުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫއުތަކެއްގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި މާލެ އާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ފްލެޓް އެޅުމާއި އެކި ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *