ހޯމަ. ޑިސެމް 23rd, 2024

ރައީސް މުއިއްޒު، ގޫގުލް އޮފީހަށް ޒިޔާރާތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު އިއްޔެ ނިއުޔޯކްގައި ހުންނަ ގޫގުލް އޮފީހަށް ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގޫގުލް ޕަބްލިކް ސެކްޓާގެ ސީއީއޯ ކެރަން ދަހުތު އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ގޫގުލް ޓީމާއެކު މަޝްވަރާކުރައްވައި، ޕަބްލިކް ސަރވިސް ޑެލިވަރީގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގްރޭޓް ކުރުމާއި، ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ކްލައިމެޓް ރެޒިލިއަންސްއަށް ޑޭޓާ ޑްރިވެން ސޮލިއުޝަންތައް އުފެއްދުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އދ. ގައި ކުރިއަށް ގެންދިޔަ ”ބިލްޑިންގް ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް“ ގައި ވެސް ރައީސް މުއިއްޒު ވަނީ ޑިޖިޓަލް އިގްތިސާދެއް އުފެއްދުމަށް ރާއްޖެ އިން ކުރާ މުހިއްމު މަސައްކަތްތަކެއް ހިއްސާ ކުރައްވަައިފަ އެވެ.

މިފަހަކަށް އައިސް ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހި ސަރުކާރުގެ އިސް ވެރިން އަންނަނީ އެމެރިކާއަށް ޒިޔާރަތް ކުރަމުންނެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ބޭނުންކުރާ ޕޭމަންޓް ސިސްޓަމް ކަމަށްވާ PayPal ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮޕޯސަލް އެ ކުންފުންޏަށް ހުށަހެޅީ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.

 

 

 

Related Post

Leave a Reply

Your email address will not be published. Required fields are marked *