އާދި. މާރޗް 15th, 2026

މުދައްރިސުންގެ ދުވަހަށް ފައިސާ ނުނެގުމަށް ސްކޫލްތަކަށް އިލްތިމާސްކޮށްފި

photo: mihaaru

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް އިލްތިމާސްކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ސްކޫލްތަކުން ޓީޗަރުންގެ ދުވަސް ވަރަށް ޖޯޝާއެކު ފާހަގަކުރާއިރު، މި ހަރަކާތްތަކަށް ފައިސާ ޖަމާކުރުމަށް ބެލެނިވެރިންގެ ކިބައިން އެދޭ ކަމުގެ ޝަކުވާވެސް އަންނަނީ ލިބެމުންނެވެ.

މިއަހަރު ސްކޫލްތަކުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރާނެ ގޮތުގެ އިރުޝާދުތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ހުރިހާ ސްކޫލަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އަދި މިމުނާސަބަތު ފާހަގަކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންގެ އަތުން ފައިސާ ނުނެގުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ސާކިއުލާގައި ހިމެނެނީ:

– އަގުބޮޑު ހަފްލާތަކުގެ ބަދަލުގައި ސައިންޓިފިކް އަދި އުފެއްދުންތެރި ކަންކަމަށް އިސްކަން ދީގެން ދުވަސް ފާހަގަކުރުން

– މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު ވަކި ތާރީޚެއް ކަނޑައެޅުން

– ހުރިހާ ހަރަކާތެއް އެއް ދުވަހެއްގައި ބޭއްވުން

– ކޮންމެ ސެޝަނެއްގައި 45 މިނެޓަށް ވުރެ ދިގު ނޫން މުއްދަތަކަށް އެސެމްބްލީއެއް ބޭއްވުން

– ރަސްމީ ސެޝަންތަކުގެ ތެރޭގައި ހަރަކާތްތައް ހިންގުން، އަދި ދެ ގަޑިއިރަށް ވުރެ ދިގު ވެގެން ނުވާނެ

– ރަށުން ބޭރުގައި އެއްވެސް ހަރަކާތެއް ނުބޭއްވުން

– ވަކިވަކި މުދައްރިސުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ހަދިޔާއެއް ނުދިނުން

– މުދައްރިސުންގެ އިޙްތިރާމާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ދުވަހުގެ ހަރަކާތްތައް ހިންގުން

އެ މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ މުދައްރިސުންގެ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް މުދައްރިސުންގެ މުހިންމުކަމާއި ގައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު ދަރިވަރުންނާއި މުޖުތަމައަށް އަންގައިދިނުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝާފިއު މިދިޔަ މަހު ވިދާޅުވީ ސްކޫލްތަކުގައި ތަފާތު ހިޔާލުތަކުގެ ބެލެނިވެރިން ތިބޭނެ ކަމަށާއި ނަމަވެސް އެއްވެސް ބެލެނިވެރިއަކަށް ސްކޫލަށް ފައިސާ ދައްކަން މަޖުބޫރު ނުކުރާނެ ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *