އާދި. މާރޗް 15th, 2026

ޖަލު ގައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް އައު ބަދަލުތަކެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު ހާމަކުރައްވައިފި

ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވަނީ ޖަލު ގައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް މުހިންމު ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. މާފުށި ޖަލުގައި ހަދާފައިވާ ”ދިވެހި ސަގާފީ ގޯތި“ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މި ވާހަކަ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ހިމެނުނު ކަންތައްތަކަކީ:

1. ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހެއް ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވުން.

2. ގައިދީން ރިހެބިލިޓޭޓް ކުރާނީ ގައުމިއްޔަތާއި ސަގާފަތަށް ލޯބި ކުރާ ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވުން.

3. ދިވެހި ސަގާފީ ގޯތީގައި ސަގާފީ ކަންކަމާއި ގައުމިއްޔަތާ ގުޅުންހުރި ކަންކަން ގައިދީންނަށް ދަސްކޮށްދިނުމަށްފަހު އެމީހުންނަށް އާމްދަނީ ލިބޭ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވުން.

4. މި ބަދަލުތައް ގެނައުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން.

5. ގައިދީން ޖަލުގައި ގިނަ ދުވަސްތަކަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަން.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގައިދީން ރިހެބިލިޓޭޓް ކުރުމަށް މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ޕްރޮގްރާމުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރާނެ ކަމަށެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ޖަލުން ނިކުންނަ ކޮންމެ ގައިދީއަކީ މުޖުތަމައަށް ބޭނުންތެރި މަސައްކަތެއް ކުރާ މީހަކަށް ހެދުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *