ހޯމަ. ޑިސެމް 23rd, 2024

ރާއްޖޭގެ މާލީ ހާލަތު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭކަމަށް ނަޝީދު ވިދާޅުވެއްޖެ

ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތްގޮތް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ މިވަގުތު ވަރަށް ބޮޑު ކަމަށާއި، ޤައުމުގެ މާލީ ހާލަތު މިހާ ހިސާބަށް ދިޔަ ގޮތް ރައްޔިތުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.

”މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަދި އަރައިގަތުމަށް އަމަލުކުރަން ރޭވިފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ،“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ބަސްފުޅު އައިސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ މުޢާމަލާތްތަކަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކަކާ ގުޅިގެންނެވެ. ބީއެމްއެލްއިން މިއަދުން ފެށިގެން ވަނީ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ، ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ހަމަޖައްސާފައެވެ. އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުޢާމަލާތްތައް 250 ޑޮލަރުން 100 ޑޮލަރަށް ދަށްކޮށްފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *