ހޯމަ. ޑިސެމް 23rd, 2024

ރާއްޖޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ ޚިދުމަތް އަވަހަށް ފަށަނީ

photo: stelco

ރާއްޖޭގައި އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރެވޭ ގޮތަށް ގާއިމުކުރަން ނިންމާފައިވާ ވެހިކަލް ޗާޖިން ސްޓޭޝަންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ފަހްމީ ވިދާޅުވީ ސްޓެލްކޯއިން ހަދަން ނިންމާފައިވާ ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް އަވަހަށް ނިމި، އަވަސް މުސްތަގުބަލެއްގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރެވޭ ގޮތަށް ހަދާ، ސްޓޭޝަންގެ ޚިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. މި ސްޓޭޝަންގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭނެއެވެ.

ފަހުމީ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން، ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށާއި އިލެކްޓްރިކް އުޅަނދުތައް ގެންގުޅުމަށް ހިތްވަރުދިނުމަށް ގާއިމުކުރާ ސްޓޭޝަންތަކެއް ކަމަށެވެ. އަދި މިކަމުގައި ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މި ސްޓޭޝަން ގާއިމުކުރަނީ ސްޓެލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައެވެ. ފަހުމީ ވިދާޅުވީ ޗާޖިން ސްޓޭޝަން ގާއިމުކުރަނީ ދެކުނު ކޮރެއާގެ މޮޑެލްއަށް ކަމަށާއި، ކޮންމެ ތިން ކާރަކަށް ޗާޖިން ސްޓޭޝަނެއް ގާއިމުކުރެވޭނެ ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *