އަން. ޑިސެމް 24th, 2024

ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް!

ފޮޓޯ: އެމްއެންޑީއެފް

ކ. ތިލަފުށީ މެރިން ސެންޓަރުގައި ހުރި ވޯކްޝޮޕެއްގައި މިއަދު ހަވީރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އޮފިސަރުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، އަދިވެސް މުޅިން ނިއްވާލެވިފައެއް ނުވެއެވެ. މި ހާދިސާގައި ދިވެހި ރައްޔިތަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިފައިވާތީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ސަރަހައްދުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި، އަލިފާން އެންމެ ފުރަތަމަ ފެށުނީ މެރިންޑޯ ވޯކްޝޮޕްގައެވެ. އޭގެ ފަހުން އަލިފާން އިތުރަށް ފެތުރި، ޖެހިގެން ހުރި އިތުރު ދެ ވޯކްޝޮޕަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވެއެވެ. އަލިފާންގަނޑުގެ ތެރެއިން އެއްޗެހި ގޮވާ އަޑު އިވުނު ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި، ސިފައިންގެ އިތުރުން ތިލަފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވަމުންދެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ލިބުމުން އަންގައިދޭނަމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *