އަން. ޑިސެމް 24th, 2024

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަޙުޤީޤު ނިމި، ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާގެ މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު، އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި އަންނަނިކޮށް، ނޫރު މިސްކިތާ ކައިރީގައި ހުންނަ އޭނާގެ ގޭ ކުރިމަތީގައެވެ.

ހެލްމެޓް އަޅައިގެން އައި ދެ މީހަކު ސައިކަލެއްގައި އައިސް، ޝަމީމްގެ ބޮލަށް ކަޓަރުން ޖަހަން މަސައްކަތްކުރި ކަމަށް ބެލެވެއެވެ. ނަމަވެސް، ޝަމީމަށް އަމިއްލައަށް ދިފާޢުވެވުނު ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ވައަތު އަތުގެ ކުރިމައްޗަށް އަނިޔާވި ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މި ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު ހަތް މީހުންގެ މައްޗަށް ތަޙުޤީޤު ނިންމައި، އާދިއްތަ ދުވަހު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ކުރިން ފުލުހުން ވަނީ ހައްޔަރުކުރެވުނު ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެއީ:

1. މިދުހަތު އާދަމް (23 އަހަރު)، ރިވެލި / ރ. އަލިފުށި
2. މުޙައްމަދު ޖަޒްލާން (22 އަހަރު)، ޖަވާހިރުވިލާ / ތުނޑި، ލ. ގަން
3. ޒަޔާން ނަޞީރު، އއ. މާމިގިލި (ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަހަތުން ޖެހުމުގެ ތުހުމަތުގައި)

މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތް މީހުންވެސް މިހާރު ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *