އަން. ޑިސެމް 24th, 2024

ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމުގެ އާންމު ހުއްދަ ދޭނީ ބިދޭސީންގެ މައްސަލަ ހައްލުވުމުން: މިނިސްޓަރު އިހްސާން

ފޮޓޯ: ނިޝާން އަލީ / މިހާރު

ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެންނަން އާންމުކޮށް ހުއްދަ ދޭނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު ހައްލުތަކެއް ހޯދުމުން ކަމަށެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކުރީ ކޮވިޑް-19 ގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މީގެ ހަތަރު އަހަރު ކުރިންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ޑިސެމްބަރުގައި ވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށް ހުއްދަ ދީފައެވެ.

ރާއްޖެއަށް ބިދޭސީން ގެންނަ ކުންފުނިތަކާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ:

– ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ގަވާއިދުގެ ތެރެއަށް ވެއްދުމާއި، ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުން ފަދަ މަސައްކަތްތަކެއް ކުރިއަށްދާތީ މިކަން ހައްލު ނުވަނީސް ބިދޭސީން ރާއްޖެ ގެނައުމުގެ އާންމު ހުއްދައެއް ނުދެވޭނެ ކަމަށް.
– ބިދޭސީން ރާއްޖެ ގެންނަ ބައެއް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ކަމަށާއި، ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް.
– ބިދޭސީ މީހާ ގަވާއިދާ ޚިލާފުވުމުން އެކަމުގެ ޒިންމާ ބިދޭސީ މީހާ ގެންނަ ކުންފުނިންވެސް ނަގަންޖެހޭނެ ކަމަށް.
– ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ގިނަވެގެން ތިން އަހަރުގެ ތެރޭގައި ހައްލުކުރާނެ ކަމަށް.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ:

– މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި އުޅޭ މީހުން ދެނެގަތުން

Related Post

Leave a Reply

Your email address will not be published. Required fields are marked *