އަން. ޑިސެމް 24th, 2024

ޗައިނާގައި ރާއްޖެ އިސްތިހާރުކުރަނީ

ފޮޓޯ: އެމްއެމްޕީއާރްސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޗައިނާގެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމެއް ކަމަށްވާ ފްލިގީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ޗައިނާ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި ފްލިގީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގްއެވެ.

އެމްއެމްޕީއާރްސީ އިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން:
– ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ޗައިނާގައި އިސްތިހާރުކުރެވޭނެ
– ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރެވޭނެ
– ޗައިނާގެ މުހިންމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށް މަގުފަހިވާނެ

ފްލިގީއަކީ އަލީބާބާގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާއިރު، ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. މިއަހަރުގެ މިހާތަނަށް 184,000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ އިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓްތަކުގައި ރާއްޖެއާމެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަގުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *