އަން. ޑިސެމް 24th, 2024

ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅުނު ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރާއްޖޭގައި ބޮޑު ކަންނެލި ހިފުމަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި، 47 މެންބަރުން ވޯޓުދެއްވީ މައްސަލައަށް ބަހުސްނުކުރުމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 11 މެންބަރެކެވެ.

މައުރޫފް ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން:
– މަސްވެރިންނާއި ޓޫރިޒަމް ދާއިރާއަށް ގެއްލުންވާނެ ކަމަށް
– ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ފައިދާވެ، ދިވެހި މަސްވެރިންނަށް ގެއްލުންވާނެ ކަމަށް
– ކަނޑުގެ ވެށްޓަށާއި ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ނުރައްކާވާނެ ކަމަށް

މީގެ އިތުރުން، ކަނޑުމަތީގައި ގާނޫނާ ޚިލާފު ޢަމަލުތައް އިތުރުވެ، ޔޫރަޕަށް މަސް އެކްސްޕޯޓުކުރުން މަނާވުމުގެ ބިރު އޮތް ކަމަށްވެސް މައުރޫފް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، ސަރުކާރުގެ ނިންމުމަށް ބަދަލެއް ނާންނާނެކަމަށް ބެލެވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *