ދިރާސާތަކުން ދައްކާ ގޮތުގައި މި އާންމު ކޮމްޕައުންޑްގެ ސަބަބުން ސިކުނޑީގެ ލޭހޮޅިތަކުގެ ސެލްތަކަށް ގެއްލުން ހުރި ބަދަލުތަކެއް އައިސް، ޚާއްސަކޮށް ”ސިއްހަތަށް“ އެކުލެވޭ މާއްދާއެއްގެ ގޮތުގައި ފުޅާދާއިރާއެއްގައި މަޝްހޫރުވެފައިވާއިރު، އޭގެ ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިދާނެ އެވެ.
އިނގިރޭސިވިލާތުގެ ވެބްސައިޓް ޑެއިލީ މެއިލް އިން ބުނާ ގޮތުގައި ޕްރޮޓީން ބާ އާއި ހަކުރު ނުހިމެނޭ އެނާޖީ ޑްރިންކްތަކުގައި އާންމުކޮށް ބޭނުންކުރާ ފޮނި އެއްޗެއްގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް އާ ދިރާސާތަކުން ބުނެފި އެވެ .
ހާސްކުރުވަނިވި ބަދަލުތަކެއް
ޔުނިވާސިޓީ އޮފް ކޮލޮރާޑޯ އެޓް ބޯލްޑަރގެ ދިރާސާވެރިން ވަނީ އިންސާނާގެ ސިކުނޑީގެ ސެލްތަކަށް ޑައިޓް ސޯޑާ ދަޅުގައި ހުންނަ މިންވަރާ އެއްވަރު ކަމަށް ބުނާ މިންވަރުގައި އެރިތްރިޓޯލް އަށް ހުށަހެޅިފަ އެވެ.
ގަޑިއެއްހާއިރުގެ ތެރޭގައި ސެލްތަކުން ބިރުވެރި ބަދަލުތަކެއް ފެނިފައިވާއިރު، އޭގެ ތެރޭގައި ސްޓްރޯކުން ރައްކާތެރިވުމަށް މުހިންމު މެކޭނިޒަމެއް ކަމަށްވާ ލޭހޮޅިތައް ހުއްޓުވުމަށް ޒިންމާވާ ޕްރޮޓީންތައް އުފެއްދުން މަދުވި އެވެ.
”ސިއްހަތަށް ފައިދާހުރި ބަދަލުތަކެއްގެ ގޮތުގައި މާކެޓްކުރާ ހަކުރު ނުހިމެނޭ އުފެއްދުންތަކުގައި އެރިތްރިޓޯލް ގިނައިން ބޭނުންކުރި ނަމަވެސް، ވެސްކިއުލަރ ހެލްތަށް ކުރާ އަސަރު ފުރިހަމައަށް ދެނެގަތުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ،“ ރިސާޗް ޓީމު ލީޑްކުރި ގްރެޖުއޭޓް ދަރިވަރެއް ކަމަށްވާ އޮބާން ޕެރީ ބުންޏެވެ.
”އާންމުކޮށް ދުވާލަކު ބޭނުންކުރާ އެރިތްރިޓޯލްގެ މިންވަރަށް ސަމާލުވާން ޖެހޭ،“ ޝިފާ އިތުރަށް ވިދާޅުވި އެވެ.
އެނާޖީ ޑްރިންކްތަކާއި ޕްރޮޓީން ބާރުތަކުގައި ބޭނުންކުރެއެވެ.
އެރިތްރިޓޯލް އަކީ ގިނައިން ބޭނުންކުރާ ފޮނި އެއްޗެއް ކަމަށާއި، މިއީ ވިޓަމިންވޯޓާ ޒީރޯ ޝުގާ، މޮންސްޓަރ ޒީރޯ، އަދި އެރިޒޯނާ އައިސްޑް ޓީ ފަދަ ބުއިންތަކުގައި ބޭނުންކުރާ އެއްޗެކެވެ.
އަދި ކުއެސްޓް ޕްރޮޓީން ބާތަކުން ވެސް ފެންނައިރު، ހަކުރުގެ ބަދަލުގައި ކޮފީއަށް އަޅާ ފޮނި އެއްޗެއް ކަމަށްވާ ޓްރޫވިއާގެ ބައެކެވެ.
އާ ދިރާސާގެ ދާއިރާ ކުޑަވެ، އެކަހެރި ސެލްތަކަށް ބަރޯސާވި ނަމަވެސް، މި ފޮނި މާއްދާއާ މެދު ކަންބޮޑުވުންތައް އުފެދޭ ހެކިތައް އިތުރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކްލީވްލެންޑް ކްލިނިކުން 2023 ވަނަ އަހަރު 4،000 މީހުންގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެރިތްރިޓޯލް ބޭނުންކުރި މީހުންނަށް ހާޓް އެޓޭކް، ސްޓްރޯކް ނުވަތަ ވަގުތުން މަރުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ދިރާސާގެ ތަފްސީލެވެ
މި އާ ދިރާސާ ޝާއިއުކޮށްފައިވަނީ ޖާނަލް އޮފް އެޕްލައިޑް ފިޒިއޮލޮޖީގައެވެ.
މި ދިރާސާވެރިން ވަނީ އިންސާނާގެ ސިކުނޑިން މައިކްރޯވެސްކިއުލަރ އެންޑޯތެލިއަލް ސެލްތައް އެކަހެރިކޮށް، އެއީ ސިކުނޑީގެ ތެރޭގައި ލޭހޮޅިތައް ލައިންކުރާ ސެލްތަކެވެ.
މިސެލްތައް ލެބޯޓްރީގައި ތިން ގަޑިއިރު ވަންދެން އެރިތްރިޓޯލް އަށް ހުށަހެޅުމަށް ފަހު، ދިރާސާވެރިންނަށް ގެއްލުން ހުރި ބައެއް ބަދަލުތައް ފެނިފައިވެ އެވެ.
މި ބަދަލުތަކުގެ ތެރޭގައި ސެލްތަކުން %75 ގެ ސަބަބުން ގެއްލުން ހުރި ކޮމްޕައުންޑްތައް އުފެއްދުން އިތުރުވެ، ވަށައިގެންވާ ސެލްތަކާއި ޓިޝޫތަކަށް ގެއްލުން ލިބިދާނެ އެވެ.
އަދި ލޭހޮޅިތައް ރިލެކްސް ކުރުމަށް އެހީތެރިވެދޭ ކޮމްޕައުންޑެއް ގާތްގަނޑަކަށް %20 މަދު ސެލްތަކުން އުފެއްދިއިރު، މިއީ އާންމުކޮށް ލޭ ދައުރުވުން އިތުރުކޮށްދީ ލޭހޮޅިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.
އަދި އެރިތްރިޓޯލްގެ ސަބަބުން ލޭހޮޅިތައް ފަޅައިގެން ގޮސް ސްޓްރޯކް ޖެހުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ ޓީ-ޕީއޭ ކިޔާ މުހިއްމު ޕްރޮޓީނެއް އުފެއްދުން މަދުވާކަން ވެސް ދިރާސާވެރިން ފާހަގަކުރި އެވެ.
މި ދިރާސާގެ ނިންމުމުގައި ދިރާސާވެރިން ބުނެފައި ވަނީ މި ފޮނި މާއްދާއަކީ ”އިސްކެމިކް ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ“ ކަމަށެވެ.
މިއީ ޒުވާނުންގެ ތެރޭގައި ސްޓްރޯކް ކޭސްތައް ސިއްރުސިއްރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި، 2011 ވަނަ އަހަރުން ފެށިގެން 45 އަހަރުން ދަށުގެ މީހުންގެ ތެރޭގައި ގާތްގަނޑަކަށް %15 އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށް ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިސްކެމިކް ސްޓްރޯކް މާނަކުރެވެނީ ސިކުނޑީގެ ތެރޭގައިވާ ލޭހޮޅިއެއް ބަންދުވެ، ސިކުނޑީގެ ޓިޝޫތަކަށް ލޭއާއި އޮކްސިޖަން ދައުރުވުން ހުއްޓުވާ ހާލަތެކެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ސެލްތައް މިނިޓްތަކެއްގެ ތެރޭގައި މަރުވެދާނެ އެވެ.

