ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ނިދުމަކީ ހަށިގަނޑަށް އަރާމުކޮށް ހަކަތަ ފުރިހަމަ ކުރުމަށް ވަގުތު ލިބޭ އެއްޗަކަށް ވާއިރު، ސިކުނޑީގެ ސިއްހަތަށް އެހީތެރިވުމަށް ވެސް މިއީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ގިނަ ފަހަރަށް ދިރާސާތަކުން އިންޒާރު ދެނީ ނިދި މަދުވުމުގެ ސަބަބުން ސިކުނޑިއަށް ކުރާ ގެއްލުންތަކުގެ މައްޗަށެވެ.
ނަމަވެސް އާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ދިގު މުއްދަތަކަށް ނިދުމަކީ ސިކުނޑީގެ ޕާފޯމަންސަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށާއި ހާއްސަކޮށް ޑިޕްރެޝަން ހުންނަ މީހުންގެ ސިކުނޑީގެ ޕާފޯމަންސަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. އެއީ ޑިޕްރެޝަން ހުންނަ މީހުންގެ ކޮގްނިޓިވް ދަށްވުމަށް މެދުވެރިވާ ބަދަލުކުރެވޭ ރިސްކް ފެކްޓަރަކަށް ވެދާނެކަން ދޭހަވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ގްލޯބަލް ކައުންސިލް އޮން ބްރޭން ހެލްތު (ޖީސީބީއެޗް) އިން ލަފާދޭ ގޮތުގައި ސިކުނޑީގެ ސިއްހަތާއި މަސައްކަތް ދެމެހެއްޓުމަށްޓަކައި އުމުރުން ދުވަސްވީ މީހުން ކޮންމެ ރެއަކު އެވްރެޖްކޮށް 7 ގަޑިއިރާއި 9 ގަޑިއިރާއި ދެމެދުގެ ނިދިއެއް ހޭދަކުރުމަށެވެ.
ގްލޯބަލް ކޮގްނިޓިވް އިމްޕެއަރމަންޓް
ތަފްސީލީ ގޮތެއްގައި ޔުނިވާސިޓީ އޮފް ޓެކްސަސް ހެލްތު ސައިންސް ސެންޓަރުން ކުރި އާ ދިރާސާއަކުން ނިދާ މުއްދަތާއި ސިކުނޑި ނުވަތަ ކޮގްނިޓިވް ޕާފޯމަންސްއާ އޮންނަ ގުޅުމަށް ޑިޕްރެޝަންގެ އަސަރު ކުރާ މިންވަރު ބަލާފައިވެ އެވެ.
”ނިދުމުގެ މުއްދަތު ދިގުވުމަކީ، ނަމަވެސް ނިދުމުގެ މުއްދަތު ކުރުވުމެއް ނޫން، ޖުމްލަ ކޮގްނިޝަން ދަށްވުމާއި ހަނދާނާއި ވިޝުއަލް ސްޕޭޝަލް ސްކިލްސް އަދި އެގްޒެކެޓިވް ފަންކްޝަން ފަދަ ވަކި ކޮގްނިޓިވް ގާބިލްކަންތަކާ ގުޅުން ހުރި ކަމެއް،“ ޔުނިވާސިޓީ އޮފް ޓެކްސަސް ހެލްތު ސެން އެންޓޯނިއޯގެ ލީޑް ސްޓަޑީ އޮތޯރ އަދި ގްލެން ބިގްސް އަލްޒައިމާ އެންޑް ނިއުރޯޑިޖެނެރޭޓިވް ޑިޒީޒް އިންސްޓިޓިއުޓްގެ ފައުންޑިން ޑިރެކްޓަރު ސުދާ ސެޝަޑްރީ ވިދާޅުވި އެވެ.
”އެންޓިޑިޕްރެޝަން ބޭނުން ކުރިޔަސް ޑިޕްރެޝަންގެ އަލާމާތްތައް ހުންނަ މީހުންގެ ތެރޭގައި މި ގުޅުންތައް ވަރުގަދަވި،“ ސެޝަދްރީ އިތުރަށް ވިދާޅުވި އެވެ.
ކޮގްނިޓިވް ފަންކްޝަން
އަދި ދިގު މުއްދަތަކަށް ނިދުމަކީ ޖުމްލަ ކޮގްނިޓިވް ފަންކްޝަން ދަށްވުމާ ގުޅުން ހުރި ކަމެއް ކަމަށާއި، އެންމެ ވަރުގަދަ އަސަރުތައް ފެނިފައިވަނީ ޑިޕްރެޝަންގެ އަލާމާތްތައް ހުންނަ ބައިވެރިންނަށް ކަމަށް ވެސް ދިރާސާވެރިން ބުނެ އެވެ.
ޑިޕްރެޝަންގެ އަލާމާތްތައް ނުފެންނަ މީހުންގެ ކިބައިން ބަލިކަށި ނަމަވެސް އަދިވެސް ފާހަގަކޮށްލެވޭ އަސަރުތަކެއް ފެނިފައިވެއެވެ.
ލޮންޖިޓިއުޑިނަލް ދިރާސާތައް ކުރަން ޖެހެ އެވެ
”ގިނައިރު ނިދާ މީހުން ޑިޕްރެޝަންގެ އަލާމާތްތައް ރިޕޯޓް ކުރުމުގެ ފުރުސަތު ބޮޑު،“ ގްލެން ބިގްސް އިންސްޓިޓިއުޓްގެ ކްލިނިކަލް ރިސާޗް ކޯޑިނޭޓަރު އަދި ދިރާސާގެ ލީޑް ރިސާޗާ ވެނެސާ ޔަންގް، އެމްއެސްސީ ވިދާޅުވި އެވެ. ”ޑިޕްރެޝަން ހުންނަ މީހުންގެ ކޮގްނިޓިވް ޑެކްލައިން އަށް ނިދުމަކީ ބަދަލުކުރެވޭ ރިސްކް ފެކްޓަރަކަށް ވެދާނެ.“
ދިރާސާވެރިން ނިންމާލީ ”ނިދުމުގެ އުދަނގޫތަކާއި ކޮގްނިޓިވް ބަދަލުތަކާ ދެމެދު އޮންނަ ވަގުތީ ގުޅުން އިތުރަށް ސާފުކުރުމަށް ބޮޑެތި، މަލްޓި މޯޑަލް ގޮތްތައް ހިމެނޭ ކުރިއަށް އޮތް ލޮންޖިޓިއުޑިނަލް ދިރާސާތައް ކުރަން ޖެހޭ“ ކަމަށް ބާރުއަޅައިގެންނެވެ.

