ހޮނި. މާރޗް 14th, 2026

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަފްތާއަކު ކިތައް ދުވަހު ހިނގާލަން ޖެހޭ ހެއްޔެވެ؟

ސްޓްރެންތް ޓްރެއިނިން އަކީ ޓްރެންޑީ އެއްޗަކަށް ވެދާނެ ނަމަވެސް ހިނގާބިނގާވެ އުޅުމާއި އެހެނިހެން ކާޑިއޯ ކަސްރަތުތައް ކުރާވަރަށް ހިތަށް ފައިދާތަކެއް ނުލިބެ އެވެ. އެންބީސީގެ ޓުޑޭ ޝޯ އިން ދައްކާ ގޮތުގައި ގަވާއިދުން ހިނގާފައި ދިއުމުން ނަފްސާނީ ސިއްހަތު ރަނގަޅުވުމުން ފެށިގެން މެޓަބޮލިޒަމް އިތުރުކުރުމާއި ބަރުދަން ބެލެހެއްޓުމަށް ގިނަ ފައިދާތަކެއް ލިބެ އެވެ.

ޓޫޑޭ ޝޯ އިން މީގެ ކުރިން ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ އެސޯސިއޭޓް ޕްރޮފެސަރ އޮފް މެޑިސިން ޑރ.މާކް އައިސަންބަރގް އާއި ނިއުޔޯކް ޔުނިވާސިޓީ ގްރޮސްމަން ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ކްލިނިކަލް ޕްރޮފެސަރު ޑރ.

ހަފްތާއަކު މަދުވެގެން 5 ދުވަހު

ކާޑިއޮލޮޖިސްޓުން ބުނާ ގޮތުގައި ކާޑިއޯ އަކީ ހިތުގެ ސިއްހަތަށް އެންމެ ފައިދާހުރި އެއް ކަސްރަތު ކަމުން ބާރު ސްޕީޑެއްގައި ހިނގުމަށް އަމާޒު ހިފުމަކީ ތިމާގެ އަމާޒަކަށް ވާން ޖެހެ އެވެ.

”ވަރަށް ބާރަށް ހިނގާއިރު ހިތުގެ ދުވެލި މަތިވާ ކަމެއް،“ ގޯލްޑްބަރގް ވިދާޅުވި އިރު، ”މީހުންނަށް ގުދުރަތީ އަދި ފަސޭހަ ކަސްރަތުތައް ކުރުމަކީ މުހިންމު ކަމެއް“ ކަމަށް ނަސޭހަތްތެރިވެ އެވެ.

އައިސަންބަރގް ލަފާދެއްވަނީ ހަފްތާއަކު މަދުވެގެން ފަސް ދުވަހު ދުވާލަކު 40-50 މިނެޓް ވަންދެން ބާރަށް ހިނގާށެވެ.

ބޮޑު ޕަސެންޓެއް

ހަގީގަތުގައި އެމެރިކާގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހިތުގެ ބަލިތައް ކަމަށް ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެއެވެ.

”މީހަކު ޖިމަށް ގޮސް ކާޑިއޯ ވެސްކިއުލަރ ކަސްރަތެއް ނުކުރާއިރު ހިތަށް މާބޮޑު ކަމެއް ނުކުރެވޭ،“ 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެންމެ 11 މިނެޓް ހިނގުމުން ހިތުގެ ބަލިތަކުގެ ނުރައްކާ %17 ދަށްވާ ކަމަށް އައިސަންބަރގް ބުންޏެވެ.

ފެށޭ ހިސާބާއި ބަދަލު ގޮތްތަކެވެ

40 މިނެޓްގެ ހިނގުމެއް އަލަށް ފަށާ މީހުންނަށް ބިރުވެރި ކަމަކަށް ހީވި ނަމަވެސް އަބަދުވެސް މުޅި ދުވަހު ކުރު ހިނގުމެއްގެ ގޮތުގައި ބަހާލެވިދާނެ އެވެ.

މީހަކު މަސައްކަތަށް ހިނގާފައި ދާން މަސައްކަތް ކުރާނަމަ، ނުވަތަ އެއީ ފަސޭހަ ކަމެއް ނޫން ނަމަ، މެންދުރުގެ ކެއުމުގެ ބްރޭކުގައި ހިނގާލަން ގޮސް، ނުވަތަ ހަމައެކަނި ގްރޮސެރީ ފިހާރައަށް ވަންނަ ދޮރާއި ދުރަށް ކާރު ޕާކުކުރުން ފަދަ ހިނގާލުން އާންމު ދިރިއުޅުމުގައި ހިމަނައިގެން އެދެވޭ ނަތީޖާއެއް ހޯދައިދެވިދާނެ އެވެ.

ހިނގުމަކީ ބައެއް މީހުންނަށް އެކަށީގެން ނުވާ ކަމެއް ނަމަ، މި ހުރިހާ ކުޅިވަރަކީ ހިތުގެ ސިއްހަތަށް ވެސް ފައިދާހުރި ކުޅިވަރުތަކަކަށް ވާތީ، ބައިސްކަލުގައި ދުއްވައި، ފަތާ، ނުވަތަ ދުވެވޭނެ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *