ސިނަމާލޭ ބްރިޖުމަތީގައި ރޭ ދެ އެކްސިޑެންޓް ހިނގައި، ޖުމްލަ ތިން މީހަކަށް އަނިޔާވެއްޖެއެވެ. މީގެ ތެރެއިން އެއް މީހެއްގެ ފައިގެ ފަލަމަސްގަނޑުން ބިނދިފައިވެއެވެ.
ފުރަތަމަ އެކްސިޑެންޓް:
ރޭ 9:48 ހާއިރު ބްރިޖުގައި ”މަޑުކޮށްގެން އޮތް“ ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓްވިއެވެ.
ކާރު މަޑުކޮށްގެން އޮތީ ހަތަރު ސިގްނަލް ޖައްސައިގެންނެވެ.
އެކްސިޑެންޓްވީ ހުއްޓާފައި އޮތް ކާރުގެ ފަހަތުން ސައިކަލެއް މަޑުކުރި ވަގުތު އޭގެ ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވިއެވެ.
ދެވަނަ އެކްސިޑެންޓް:
ފުރަތަމަ އެކްސިޑެންޓް ހިނގުމުން ޓްރެފިކް ތޮއްޖެހިފައި އޮތް ވަގުތު އެހެން ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ހިނގިއެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ފައިގެ ފަލަމަސްގަނޑުން ބިނދި، އިތުރު އަނިޔާތައްވެސް ވެފައިވެއެވެ.
އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މި ހާދިސާއިން ދޭހަވަނީ ބްރިޖުގައި ދުއްވާއިރު ވަރަށް ބޮޑަށް ސަމާލުވާާންޖެހޭ ކަމާއި، ކުރިއަށް ދުއްވާ އުޅަނދުތަކަށް ސަމާލުވެ، ރައްކާތެރިކަމާއެކު ދުއްވުމުގެ މުހިންމުކަމެވެ.

