ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން އެކިއެކި ބޭނުންތަކަށް ދޫކުރާ 35 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބިންތައް ހިމެނެނީ އަންނަނިވި ބާވަތްތަކުގެ ތެރޭގައެވެ:
1. ލައިޓް އިންޑަސްޓްރިއަލް
2. ދަނޑުވެރިކަމަށް ދޫކުރާ ބިންތައް
3. ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން
4. ޑައިވް ސެންޓަރ
5. ވޯޓަރ ސްޕޯޓްސް
6. ސްލިޕްވޭ ހެދުމަށް
7. މަސްކެއްކުމާއި، ލޮނުމަސް އެޅުމާއި، ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް ދޫކުރާ ބިންތައް
8. ދިރޭތަކެތި ގެންގުޅުމަށް ދޫކުރެވޭ ބިންތައް
މުހިންމު ތާރީޚުތައް:
– ރަޖިސްޓަރީވުން: މި މަހުގެ 23 ވަނަ ދުވަހުގެ 10:00 ގެ ކުރިން
– މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: މި މަހުގެ 24 ވަނަ ދުވަހުގެ 11:15 ގައި (އޮންލައިންކޮށް)
– ބީލަން ހުށަހެޅުމުގެ ބައްދަލުވުން: މި މަހުގެ 30 ވަނަ ދުވަހުގެ 11:15 ގައި (ނައިވާދޫ ކައުންސިލް އިދާރާގައި)
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރީ ވާންޖެހޭނެއެވެ. ބިޑް ފޮތުގެ އަގަކީ 200 ރުފިޔާއެވެ.
މި ފުރުސަތަކީ ނައިވާދޫގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލެވިފައިވާ މުހިންމު ފުރުސަތެކެވެ.