ހޯމަ. ޑިސެމް 23rd, 2024

“ ފްލެޓް ލިސްޓް ޑިޖިޓަލްކޮށް ރައްކާކޮށްފައި، އަލިފާނުގެ އަސަރު ނުކުރޭ ”

މިއަދު ހިނގި އަލިފާނުގެ އަސަރު  ފްލެޓް ލިސްޓަށް ނުކުރާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ކަށަވަރުކޮށްދީފި އެވެ.

އަލިފާނުގެ ހާދިސާގައި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، އަދި މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ހިމެނޭ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. އުފަން ރަޖިސްޓްރީ އާއި އާބާދީގެ ރެކޯޑްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުގެ ލިޔެކިޔުންތައް ހިމެނޭ ގޮތަށް މުހިންމު ބައެއް ލިޔެކިޔުންތައް މި ހާދިސާގައި ސަލާމަތް ނުކުރެވުނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ފްލެޓް ލިސްޓުގެ ހާލަތާ މެދު ކަންބޮޑުވުންތަކެއް އުފެދުނެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ލިސްޓާއި އެއާ ގުޅުންހުރި ލިޔެކިޔުންތައް މިނިސްޓްރީގެ ކްލައުޑް ހޯސްޓިން ސިސްޓަމްގައި ޑިޖިޓަލްކޮށް ރައްކާތެރިކަމާއެކު ރައްކާކޮށްފައިވާ ކަމަށާއި، އަލިފާނުގެ އަސަރު ނުކުރާ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

”ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން މިދަނީ،“ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އެމްއެންޑީއެފުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *