ހޯމަ. ޑިސެމް 23rd, 2024

ދަރިންގެ ޚަރަދު ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅުން

ގަލޮޅު އުތުރު ދާ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ ދެމަފިރިން ވަރިވުމަށްފަހު ދަރިންގެ ޚަރަދަށް ދޭ 2,000 ރުފިޔާ ބޮޑުކޮށްދިނުމަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިހާރުގެ ގަވާއިދުގައިވާ ގޮތުން:
– އެއް ކުއްޖަކަށް 2,000 ރުފިޔާ
– އިތުރު ކޮންމެ ކުއްޖަކަށް 1,000 ރުފިޔާ ދޭންޖެހެއެވެ.

ކުޑޫ ވިދާޅުވި ގޮތުގައި:
– ޚިދުމަތްތަކާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، 2,000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފުއްދޭ ވަރަށްވުރެ މާ ބޮޑަށް ވެސް ކުޑަ އަދަދެކެވެ.
– ސްކޫލު ފީ އާއި ޓިއުޝަން ފީތަކަށް އެކަނި ވިޔަސް 2,000 ރުފިޔާއަކުން ނުފުއްދޭނެއެވެ.
– ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ޚަރަދުތަކަށް އެކަނި ބެލިޔަސް މި ފައިސާއިން ނުފުދޭނެއެވެ.

މި ހުށަހެޅުމުގައި ކުޑޫ އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ މެދުވެރިކޮށް، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ ބައްދަލުކޮށް އެ ގަވާއިދަށް އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެވޭނެ ގޮތްތައް ފަހިކޮށްދިނުމަށެވެ.

މި ހުށަހެޅުމަކީ ރޫޅިފައިވާ ޢާއިލާތަކާއި އެކަނިވެރި މައިންނަށް ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަމާޒުކޮށްފައިވާ މުހިންމު ހުށަހެޅުމެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *