ހޯމަ. ޑިސެމް 23rd, 2024

ބަޖެޓް ރިވިއު ގެ މަސައްކަތް ނޮވެމްބަރު 20 ވަނަ ދުވަހަށް ނިންމަނީ

ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން 2025 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާގައި ބަޖެޓް ދިރާސާކުރުމުގެ މަރުހަލާގެ ޓައިމްލައިނެއް އެކުލަވާލާފައިވާއިރު، ޗެއާޕާސަންގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަވާދު އަދި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސައިފި އެވެ.

އަދި ބަޖެޓާ ގުޅޭ ގޮތުން އޮޑިޓް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބަޔާން ހޯދުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓުގެ ތަފްސީލް ހޯދުމަށް އެކި އިދާރާތަކަށް ސިޓީ ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 57 ބިލިއަން ރުފިޔާ ފާސް ކުރުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެ ބަޖެޓްގައި، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 64 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *