ހޮނި. މާރޗް 14th, 2026

އެސްޑީ އެފްސީ އިން އިސްލާމިކް އުޞޫލުން ގެސްޓްހައުސް އަޅަން ލޯނު ދޫކުރަން ފެށުމާއި އެކު މަނީޓްރީމުން ލޯނު ޑޮކިއުމެންޓް ތައްޔާރު ކޮށްދޭން ފަށައިފި

 

އެސްޑީއެފްސީ އިން މުޅިން އަލަށް ރާއްޖޭގައި އިސްލާމިކް އުޞޫލުން ގެސްޓްހައުސް އެޅުމަށްޓަކައި ލޯނު ދިނުމަށް ހުޅުވާލައިފިއެވެ. މިގޮތުން ހުޅުވާލި ލޯނުން އެންމެ މައްޗަށް ލިބެނީ 5 ( ފަހެއް ) މިލިއަން ދިވެހި ރުފިޔާއެވެ.  އަދި ލޯނުގެ މުއްދަތު ބަހާލެވެނީ  ގިނަވެގެން 10 އަހަރަށެވެ. ހަމަ މިއާއި އެކު އިމާރާތް ކުރުމަށްޓަކައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭކަމަށް އެސްޑީ އެފްސީގެ ވެބްސައިޓްގައި ވެއެވެ.

މި ލޯނު ނެގުމަށްޓަކައި ޑޮކިއުމެންޓް ތައްޔާރު ކޮށްދިނުމާއި ، ލޯނަށް ހުށަހަޅައިދިނުމުގެ މަސައްކަތް ،   މަޝްހޫރު ފައިނޭންސަލް މަސައްކަތް ކޮށްދޭ ފާމެއް ކަމަށްވާ ”މަނީޓްރީމް“ ޕްރައިވެޓް ލިމިޓެޑުން ފަށާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަނީޓްރީމް ޕްރައިވެޓް ލިމިޓެޑަކީ  2019 ވަނައަހަރު ރަޖިސްޓްރީ ކުރެވިގެން ހިންގަމުން ގެންދާ ، ފައިނޭންސަލް ސަޕޯޓް ދިނުމުގެ މަސައްކަތް ކޮށްދޭ ފާމެކެވެ. މިފާމު މެދުވެރިކޮށް ގެދޮރުވެރިޔާ ލޯނާއި ، އެސްއެމްއީ ލޯނު ގިނައަދަދެއްގެ ބަޔަކު ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

ގެސްޓްހައުސް ލޯނަށް ހުށަހެޅުމަށްޓަކައި މަނީޓްރީމްގެ ވައިބަރ ނަމްބަރ  7375900 އަށް ވައިބަ ކޮށްލުމުން އެކަމުގެ އެހީތެރިކަން ލިބިގެންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ލޯނު ޑޮކިއުމެންޓް ތައްޔާރު ކުރުމަށްޓަކައި ފުރަތަމަ ހޯދަން ޖެހޭ ލިޔެކިއުން ކަމަށް މަނީޓްރީމުން ފާހަގަ ކޮށްފައިވާ ޑޮކިއުމެންޓް ތަކަކީ: 

  1. ގެސްޓްހައުސް ގެ ބިމާއި ގުޅުން ހުރި
    1. ގޯތީގެ ރަޖިސްޓްރީ
    2. ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ
    3. ގެސްޓްހައުސް ގެ ކުރެހުން
    4. ބީއޯކިއު
    5. މަސައްކަތުގެ އެއްބަސްވުން ( ނެތްނަމަ ތައްޔާރު ކޮށްލަދެވޭނެ)
  2. ގެސްޓްހައުސް އެޅުމަށް ލޯނަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު – ފަރުދުން
    1. ފަރުދުން ވިޔާފާރި ކޮޕީ ( ނެތްނަމަ އެ ނެގުމަށް އެހީތެރިވެދޭނެ )
    2. އައިޑީކާޑް ކޮޕީ
    3. ވަޒީފާގައި އުޅޭނަމަ އެކަމުގެ ލިއުން
    4. 1 އަހަރުގެ މުސާރަ ޖަމާވާ ބެންކް ސްޓޭޓްމަންޓް
    5. ޓެކްސް ކިލިއަރެންސް ރިޕޯޓް ( ނެތްނަމަ މިކޮޅުން އެ ހޯދުމަށް އެހީތެރިވެދޭނެ)

 

  1. ގެސްޓްހައުސް އެޅުމަށް ލޯނަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު – ކުންފުނި
    1. ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
    2. ޑިރެކްޓަރުންގެ އައިޑީކާޑް ކޮޕީ
    3. ލޯނު ނެގުމަށް ނިންމާފައިވާ ބޯޑް ރެޒެލިއުޝަން
    4. ކުންފުނީގެ ފަރާތުން ސޮއިކުރާނެ ފަރާތެއް އައްޔަނު ކުރިކަން އަންގާ ލިއުން
    5. ކުންފުނީގެ މާލީ ބަޔާން ( ވޭތުވެދިޔަ 3 އަހަރުގެ – ނެތްނަމަ ތައްޔާރު ކޮށްލަދެވޭނެ – އިތުރު ޗާޖް އާއި އެކު)
  2. ފައިނޭންސަލް ޑޮކިއުމެންޓޭޝަން ( އިންވޮއިސް ކުރެވިފައިވާ ޚިދުމަތުގެ ތެރޭގައި ހިމެނިފައި)
    1. ހިނގަމުން ދާ އަހަރުގެ މެނޭޖްމަންޓް ރިޕޯޓް
    2. އެކުޗުއަލް ކޭޝްފްލޯ
    3. ޕްރޮޖެކްޓެޑް ކޭޝްފްލޯ
    4. ޕްރޮޖެކްޓް ޕްރޮޕޯޝަލް

 

މިކަމަކާއި ގުޅޭ އިތުރު މަޢުލޫމާތު މަނީޓްރީމްގެ ވައިބަރ 7375900 އިން ލިބިގެންދާނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *