ކުރިއަށް އޮތް އަހަރުތަކުގައި ޑޮލަރުން ޕެގްކޮށްފައިވާ ކްރިޕްޓޯކަރަންސީތަކުގެ މާކެޓް ވެލިއު ދެ ޓްރިލިއަން ޑޮލަރަށް ނުވަތަ އެއަށް ވުރެ މައްޗަށް އަރާފާނެ ކަމުގެ ފުރުސަތު އޮތްކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސަންޓް ، ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި ޑޮލަރުގެ މަގާމު ވަރުގަދަވެދާނެ ކަމަށް ވިދާޅުވެ އެވެ.
ސެނެޓް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ އަޑުއެހުމެއްގައި ބެސެންޓް ވަނީ ޑޮލަރުގެ ދުނިޔޭގެ ދަރަޖަ ދެމެހެއްޓުމަށް އެމެރިކާގެ ވެރިކަމުން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފަ އެވެ.
ބެސެންޓް ފާހަގަކުރެއްވި ގޮތުގައި ސިޓީގްރޫޕްގެ އަންދާޒާތައް ފަދަ އެހެން އަންދާޒާތަކުން ލަފާކުރާ ގޮތުގައި 2030 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ދަރަނީގެ އިންސްޓްރޫމެންޓްތައް ސްޓޭބަލްކޮއިން ގަތުން އެއް ޓްރިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ.
ސްކޮޓް ކެނެޓް ހޮމަރ ބެސެންޓް އަކީ އެމެރިކާގެ މަޝްހޫރު ހެޖްފަންޑް މެނޭޖަރެއްގެ އިތުރުން މިހާރު މިއޮތް ސަރުކާރުގެ ޓްރެޒަރީގެ ސެކްރެޓޭޓް އެވެ.

