ހޯމަ. ޑިސެމް 23rd, 2024

ސޯޝަލް ހައުސިންގ ޒިންމާތައް އެފްޑީސީއަށް ބަދަލުކޮށް، އެޗްޑީސީ އަލުން އެކުލަވާލަން ނިންމައިފި

ސަރުކާރުން އަންނަ އަހަރަށް ރާވާފައިވާ މުހިންމު ބަދަލުތައް:

1. ސޯޝަލް ހައުސިންގ ޒިންމާތައް:
– އެޗްޑީސީގެ ދަށުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތައް އެފްޑީސީގެ ދަށަށް ބަދަލުކުރުން
– އެފްޑީސީއަށް ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތައް ޚާއްޞަކުރުން

2. އެފްޑީސީގެ މަސައްކަތްތައް:
– ސޯޝަލް ހައުސިންގ މަޝްރޫޢުތައް އިތުރަށް ދިރާސާކުރުން
– މަޝްރޫޢުތަކާ ގުޅޭ ކަންކަމަށް އަމާޒުގެއްލުވާނުލައި ސީދާ ހިންގުން

3. އެޗްޑީސީގެ ބަދަލުތައް:
– އެފްޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކުރުން
– އެޗްޑީސީ އައިޕީއޯއަކަށް ގޮސް، އާންމުންނަށް ހިއްސާ ވިއްކޭ ކުންފުންޏަކަށް ހެދުމުގެ ފުރުސަތު ފަހިކުރުން

4. ދެ ކުންފުނީގެ ހިންގުން ހަރުދަނާކުރުން:
– ޕްރޮކިއުމަންޓް ނިޒާމު އަލުން ރޭވުން
– ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކަށް ބެލުން

5. ސަރުކާރުގެ ކުންފުނިތަކާ ގުޅޭ އިތުރު ބަދަލުތައް:
– ޕީސީބީގެ ޤާނޫނު އުވާލުން
– ދައުލަތުގެ ކުންފުނިތަކާ ގުޅޭ އާ ޤާނޫނެއް އެކުލަވާލުން

މި ބަދަލުތަކުގެ މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކޮށް، ބަޖެޓުން ކުންފުނިތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *