ހޯމަ. ޑިސެމް 23rd, 2024

މުއައްސަސާތައް އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ރައީސް

photo: president office

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިވަން އެއްވެސް މުއައްސަސާއަކަށް ނުވަތަ އިންތިހާބީ އޮފިޝަލުންގެ ބާރުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އެފަދަ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ނުކުރައްވާނެ ކަމަށެވެ.

އަނެއްކޮޅުން، އަވަސް ތަނެއްގައި ތަފާތުކުރުމެއް ނެތި، އިންސާފުވެރިކަމާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ޔަގީންކަން ދީފައި މިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެ އިސްލާހުގައި ބުނެފައި ވަނީ އެ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިކަމުގެ ސަބަބުން އެ މުއައްސަސާތަކުގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *