ހޯމަ. ޑިސެމް 23rd, 2024

މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް ކަމަށް ބުނެ އަލުން ހުއްދަ ދީފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮފްސީ ސިރަޕްގައި އެއްވެސް މައްސަލައެއް ނެތުމުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.

މި ސިރަޕް މަނާކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމްއެފްޑީއޭ އިން ވަނީ އެ ބޭހުގައި ކުނޑިތަކެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭރު ބާޒާރުގައި ހުރި ބެޗްތަކުން ސާމްޕަލް ނަގައި، އިތުރު ޓެސްޓުތައް ހަދާފައިވާ ކަމަށެވެ. އެ ބޭހުގައި އެއްވެސް މައްސަލައެއް ނެތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއަދުން ފެށިގެން އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަށް ހުއްދަ ދީފިއެވެ.

މީގެ ކުރިން ވެސް އެމްއެފްޑީއޭ އިން ވަނީ ބައެއް ބޭސްތައް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފަ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *