އަން. ޑިސެމް 24th, 2024

ބުޅާމަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކަނީ

ހެދިކާ ތައްޔާރުކުރުމަށް ބުޅާމަސް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން މަސައްކަތް ފަށައިފިއެވެ
މާލޭގައި ހެދިކާ ތައްޔާރުކުރުމަށް ބުޅާމަސް ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނޯޓިސްއެއް ނެރެފިއެވެ.
އިމިގްރޭޝަނުން ނެރުނު ނޯޓިހުގައިވާ ގޮތުން، އަރަފާތު ހޮސައިނަށް ވަނީ ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ.
އަރަފާތާ މެދު ކުރެވޭ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ބައެއް އާންމުން ފާހަގަކޮށްފައިވެއެވެ. މިގޮތުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އަރަފާތުގެ ކަންކަން އެނގޭ ބައެއް މީހުން ވަނީ އޭނާއާ ގުޅޭ ބައެއް މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިގޮތުން އަރަފާތު ދިރިއުޅެމުންދާ ގޭދޮށުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށް އަވައްޓެރިން ބުނެފައިވާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބިލެއް ތަސްދީގުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޤާނޫނަށް މިހިނގާ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *