ހޯމަ. ޑިސެމް 23rd, 2024

އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ފުރާވަޑައިގެންފި

ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އދ. ގެ ޖެނެރަލް އެސެމްބްލީ (ޔޫ.އެން.ޖީ.އޭ)ގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމެރިކާގެ ނިއުޔޯކަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ލީޑަރަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވާއިރު، މިއީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އދ.ގެ އާންމު ޖަލްސާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އދ.ގެ މެމްބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރޭ ދުވަހެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަންގާރަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅުގައި އެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ ”ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް“ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާއި ރައީސް މުހާތަބު ކުރައްވައި، ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭނާ ނިއުޔޯކަށް ފުރާފައިވަނީ އިއްޔެ އެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *