އަން. ޑިސެމް 24th, 2024

ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކޮށްފި

ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގެ ސާވާއަށް އަމާޒުކޮށް ހެކްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުالله ހުމައިދު  މައލޫމާތު ދިންގޮތުގައި ސާވާ މިހާރު ޑައުންވެފައި އޮތުމުން ހިދުމަތް ދިނުމަށް ބުރޫ އަރައިފާވެއެވެ. އަދި ގޮންޖެހުންތަކާއެކުވެސް އެ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާވާ އަދިވެސް ޑައުންވެފައި، ބައެއް ސިސްޓަމްތައް މިހާރު ވެސް ނުދެވޭތީ ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވޭ،“ ހުމައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޯކަން ސިސްޓަމް މަސައްކަތް ނުކުރާ ކަމަށާއި މުވައްޒަފުންނަށް ޕޭޝަންޓް މެނޭޖްމަންޓް ސިސްޓަމަށް ނުވަދެވޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *