ހޯމަ. ޑިސެމް 23rd, 2024

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ އިތުރުވެއްޖެ

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,347,973 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 127,487 ފަތުރުވެރިންގެ އިތުރުވުމެކެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައިގައި ވަނީ ރަޝިއާ އަދި ތިންވަނައިގައި އިނގިރޭސިވިލާތެވެ. ހަތަރުވަނައިގައިވާ އިޓަލީން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ އެއްލައްކައަށް އަރާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި ތިން އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓް ކަމުގައިވާ އިންޑިއާ މިހާރު ވަނީ ހަވަނަ ހިސާބަށް ދަށަށް ގޮސްފައެވެ. ނަމަވެސް، އިންޑިއާ މާކެޓް އަލުން ޓޮޕް 3 ގެ ތެރެއަށް ގެނައުމަކީ އެމްއެމްޕީއާރުސީގެ އަމާޒެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެފައިވެއެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިން ރާއްޖޭގައި އެވަރެޖްކޮށް 7.7 ދުވަސް ހޭދަކުރެއެވެ. އަދި މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް 64,142 އެނދު ހުރި ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *