ހޯމަ. ޑިސެމް 23rd, 2024

ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ”ސީސީ“ އަށް ދަށްކޮށްފި

ސަން ފޮޓޯ - ފަޔާޒު މޫސާ

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ”ސީސީ“ އަށް ދަށްކޮށްފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.

މި ރޭޓިންގ ދަށްކުރުމުގެ މައިގަނޑު ސަބަބުތައް:

1. ބޭރު ފައިސާގެ ރިޒާވް ދަށްވުން: މެއި މަހު 494 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، ޖުލައި މަހާ ހަމައަށް 395 މިލިއަން ޑޮލަރަށް ދަށްވެފައިވުން.

2. ބޭރުގެ ދަރަނި އިތުރުވުން: 2025 ވަނަ އަހަރު ބޭރުގެ ދަރަނި 557 މިލިއަން ޑޮލަރަށް އިތުރުވެ، އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވުން.

3. އެތެރޭގެ ދަރަނި ބޮޑުވުން: ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، އިމްޕޯޓަށް ބަރޯސާވުމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން.

ފިޗްގެ ރިޕޯޓުގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް:

– ދޭދޭ ގައުމުތަކާއެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުން.
– ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވާލައި ތަންފީޒުކުރުން.

ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

– ތެލާއި ކާޑުގެ ސަބްސިޑީ އަދި އާސަންދައަށް ވަމުންދާ އިސްރާފު ކުޑަކުރުން.
– އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑުކުރުން.
– ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުން ޓެކްސް ޑޮލަރުން ދެއްކުމަށް ގާނޫނު އިސްލާހުކުރުން.
– ޗައިނާ އާއި އިންޑިއާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމުގެ މަޝްވަރާ ކުރުން.

މި ރޭޓިންގ ދަށްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި ބެލެވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *