އަން. ޑިސެމް 24th, 2024

އދ. އަތޮޅުގައި ހަދާފައިވާ ކުޑަރަށް ރިސޯޓް އަންނަ މަހު ހުޅުވަނީ

އދ. އަތޮޅުގައި ހަދާފައިވާ ކުޑަރަށް ރިސޯޓް

އދ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަރަށް ރިސޯޓަކީ ސިންގަޕޫރުގެ މައިނާ ހޮޓެލްސްގެ ދަށުން ހިންގާ އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސްގެ ރަށެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 25 މިނެޓުގެ ދަތުރެއްގައި ދެވޭ މި ރިސޯޓުގައި އެއްގަމާއި މޫދުގައި ޖުމްލަ 51 ވިލާ ހުންނަ އެވެ. މީގެ އިތުރުން ޑައިވިންގ އަދި ސްނޯކްލިންގ ސައިޓްތަކުގައި އެ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބޭނެ އެވެ.

ކުޑަރަށް ރިސޯޓުން މިޔަރާއި ބޮޑެތި މަސްތައް ބަލާލުމުގެ ފުރުސަތާއި އެކި ބާވަތުގެ މޫދު ކުޅިވަރުތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް ލިބޭނެ އެވެ. އަދި ބައިނަލްއަޤްވާމީ ބުފޭ ސްޓައިލްގެ މެނޫތަކާއި ޚާއްޞަ މެނޫތަކުން ތަފާތު ރަހަތައް ތަޖުރިބާކުރުމަށް ޚާއްޞަ ރެސްޓޯރަންޓެއްވެސް މި ރިސޯޓުގައި ހުންނާނެ އެވެ.

މައިނާ ހޮޓެލްސްއަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ބޭރުގެ އެއް ކުންފުނި ކަމަށްވާއިރު، ކުޑަރަށް ރިސޯޓް ހުޅުވުމާއެކު އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓްތަކުގެ އަދަދު އިތުރުވެގެންދާނެ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *