ހޯމަ. ޑިސެމް 23rd, 2024

ހަމާސްގެ އެތެރޭގެ ހަރަކާތުގެ ވެރިއަކަށް ޔަޙްޔާ ސިންވާރު

ހަމާސްއިން އަންގާރަ ދުވަހު އިޢުލާންކުރީ، ޣައްޒާ ސްޓްރިޕްގައި އެ ޖަމާޢަތުގެ އެތެރޭގެ ހަރަކާތްތައް ހިންގަވާ ޔަޙްޔާ ސިންވާރު، ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ އާ ވެރިޔާގެ ގޮތުގައި ހޮވިއްޖެކަމަށެވެ. މިއީ މިދިޔަ މަހު ޓެހްރާންގައި އިސްމާޢީލް ހަނިއްޔާ ޝަހީދުވުމާ ގުޅިގެންނެވެ.

ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވިދާޅުވީ، ސިންވާރު އެއްއަޑަކުން ހޮވުނީ، މިވަގުތު ޖަމާޢަތަށް ބޭނުންވާ ކަންކަން ދެނެގަނެވިގެން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ސިންވާރަކީ އިސްރާއީލާއެކު ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

”އިސްލާމީ ދިފާޢީ ހަރަކާތް ހަމާސްއިން އިޢުލާންކުރަނީ، ޝަހީދުވި ކޮމާންޑަރު އިސްމާޢީލް ހަނިއްޔާ (އަލްލާހު އޭނާއަށް ރަޙުމަތް ލައްވާށި) ގެ ފަހަތުން، ކޮމާންޑަރު ޔަޙްޔާ ސިންވާރު ހަރަކާތުގެ ސިޔާސީ ބިއުރޯގެ ވެރިޔާގެ ގޮތުގައި ހޮވިއްޖެކަމަށެވެ،“ ހަމާސްއިން ކުރު ބަޔާނެއްގައި ބުންޏެވެ.

ހަމާސްގެ ބާނީ ޝައިޚް އަޙްމަދު ޔާސީނާ ގާތް ގުޅުމެއް އޮތް، އަދި ހަމާސްގެ އެތެރޭގެ ސަލާމަތީ ބައިތައް އުފެއްދުމަށް މަޝްހޫރު ސިންވާރަށް، 1980 ގެ އަހަރުތަކުގެ ފަހުކޮޅު އިސްރާއީލުން ހަތަރު ފަހަރު އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވެއެވެ.

ސިންވާރު 23 އަހަރު ޖަލުގައި ހޭދަކުރެއްވީ، ހަމާސްގެ ފުރަތަމަ އެތެރޭގެ ސަލާމަތީ ޖަމާޢަތް ކަމަށްވާ މަޖްދު އުފައްދަވައި، އިސްރާއީލާ ގުޅުން ހުރިކަމަށް ޝައްކުކުރެވޭ ފަލަސްޠީނުގެ މީހުން އަމާޒުކޮށް މެރުމުގެ ތުހުމަތުގައެވެ.

( ތިރީގައިވާ ފޮޓޯގައި : ޝަހީދު ހަނިއްޔާ އާއި ޔަޙްޔާ ސިންވާރު )

Related Post

Leave a Reply

Your email address will not be published. Required fields are marked *