ހޮނި. މާރޗް 14th, 2026

އިލްމުވެރި ޕޮލިޓީޝަނުންނާއި ނުލާ ޤައުމެއްގެ ސިޔާސަތު އޮޔާ ހިނގާދާނެ

ޤައުމީ ސަލާމަތުގެ އިކުއެޓޯގައި ޤައުމެއްގެ އަތުގައި އޮތް އެންމެ ބޮޑު ހަތިޔާރަކީ ތަޢުލީމެވެ. ސްޓެބިލިޓީ މިހާރު ބަރޯސާވެފައިވަނީ ޕްރޮސީޖަރ ނުވަތަ އިކުއިޕްމަންޓްތަކުގެ މައްޗަށް ނޫން ކަމަށާއި، ކޮމްޕްލެކްސިޓީތައް ދެނެގަނެ، ނުރައްކާތައް ކުރިން ލަފާކޮށް، އެކަންކަމާ މުއާމަލާތް ކުރުމުގެ ގާބިލްކަން ހުރި ސިކުނޑިތަކެއްގެ މައްޗަށެވެ.

މި ގޮތުން ޤައުމީ ޔުނިވަރސިޓީ އާއި އުނގަނައިދޭ އިދާރާތަކުން އަންނަން އޮތް ޖީލުގެ ސަލާމަތީ ތަޖުރިބާކާރުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.

އިންސާނީ ހައްގުތަކާއި، ސައިބަރ ސެކިއުރިޓީއާއި، ކްރައިސިސް މެނޭޖްމަންޓް ފަދަ ސީދާ އަދި އަމަލީ ސްޕެޝަލައިޒޭޝަންތަކުން މާސްޓަރސް ޑިގްރީ ހޯލްޑަރުންގެ އާ ބެޗްތައް ގްރެޖުއޭޓް ކުރުމަށް އެކަޑަމީން ތައްޔާރުވަމުންދާއިރު، ސާފު އަދި ވަރުގަދަ މެސެޖެއް ގުގުމާލައެވެ. ސުވާލަކީ މުދަންނަވާ ފަރާތްތަކަށް ސިޔާސީ މައިދާނުން ފުރުޞަތު އެބައޮތްތޯއެވެ.

ބައެއްމީހުންގެ ނަޒަރުގައި  ”ތަޖުރިބާ އަކީ މުހިއްމު އަސާސެކެވެ.“ ދުނިޔެ ކުރިއަރައިގެން ދިއުމުގެ ސަބަބުން ޤަދީމީ ތަޖުރިބާތަކަކުން މިއަދުގެ ފުޅާ ، ފާގަތި މުޖްތަމައުތަކުގައި ބޭނުމެއް ނުހިފެއެވެ.  މިއަދު މިފެންނަނީ އެކަމުގެ ހެއްކެކެވެ. މުޅި ދުނިޔޭގެ ޤައުމުތަކުން މަސައްކަތް ކުރަނީ ”އޭއި ( އާޓިފިޝަލް އިންޓަލިޖެންޓް) ގެ މަގަށް ބައްޓަން ކޮށް އޮޓަމޭޓް ކުރުމަށެވެ. ދިވެހިރާއްޖެ ހުރިހާ ހޭދައެއް ކުރަނީ ނިމިދިޔަ ޤަރުނުގައި އެޤައުމުތަކުން މަސައްކަތް ކޮށްފައިވާ  ”ޑިޖިޓަލް ދުނިޔެ“ ދިވެހިންނަށް ދެއްކޭތޯއެވެ.
.

ޤައުމީ މަންހަޖު އެކުލަވާލުމަށް ފޯކަސް ކުރުމަކީ އެކަހެރި ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ސަލާމަތީ މާހައުލެއްގައި އަންނަ ހަލުވި ބަދަލުތަކާ އެއްވަރަށް ކުރިއަށް ދިއުމަށް ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށެވެ. މިއަދު ދުނިޔެއަށް ބޭނުންވަނީ ޕްރޮޓޮކޯލްތައް ތަކުރާރުކުރާ އިމިޓޭޓަރުން ނޫން، ކްރިޓިކަލް ތިންކަރުންނާއި އެފެކްޓިވް އިނޮވޭޓަރުންނެވެ.

 

ސިޔާސަތު ކަނޑައަޅާއިރު ޕޮލިޓިކަލް ސައިންސް ނުވަތަ މިކިޔާ ކައުންޓިންގެ ސްޓެރެޓެޖީ ގެ ފޯމިއުލާ ( މެތަމަޓިކްސް) ބޮލަށް ނުވަންނަ މަޖިލީހު މެމްބަރުންގެ ހަމައެކަނި ވޯޓަކުން ބަދަލުވާ ސިޔާސަތަށް ޤައުމުގެ ސިޔާސަތު ވެފައިވާ ނާޒުކު ދަނޑިވަޅު ތަޢުލީމީ ޢިލްމީ ޤާބިލް ފަރާތްތަކުން ”އަޑުއުފުލާ“ ހެޔޮވަދަލު ގެނެސް އަންނަން އޮތް ޖީލަށް މަދުވާ ޢިލްމެއް އޮތްނަމަ އެ ޢިލްމު މަންޖަހު ކުރުމަކީ މިހިއްމު ކަމެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *