ހޮނި. މާރޗް 14th, 2026

އެހީގެ އިޤްތިޞާދުން ފެށިގެން ޕްރޮޑަކްޝަން އިޤްތިޞާދަށް

ބައިނަލްއަޤްވާމީ އެހީއަކީ ޒަމާނުއްސުރެ ޚާއްޞަކޮށް އޭޝިޔާ އަދި އެފްރިކާގެ ޤައުމުތަކުގައި ފަޤީރުކަމާއި މަޙްރޫމްކަމާ ގުޅުންހުރި ”ގްލޯބަލް ކޮންސިޝަން“ ގެ ފާޅުވުމެކެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުގެ ޒަމާނުގައި ފެށިގެން އައި މި މޮޑެލް މިއަދު ފެންނަނީ އެންމެ ފަހު ނޭވާއެއް ދޫކޮށްލާތަނެވެ. އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަށް ޓްރަމްޕްގެ ވެރިކަމުގައި ބަޖެޓް ކަނޑާލުމާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ދުނިޔޭގެ ތަރައްގީއަށް ކުރާ ވައުދުތައް ދަށްވުމާ ދެމެދު، ސަގާފީ އެހީގެ ޒަމާން ހަގީގަތުގައި ނިމިއްޖެ ހެއްޔެވެ؟

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މަޝްހޫރު ރޮމޭންޓިކް އިމޭޖާ ހިލާފަށް، މިއަދު ބައިނަލްއަޤްވާމީ އެހީގެ ސިނާޢަތް ހިންގަނީ ކޯޕަރޭޓް ކަހަލަ ގޮތަކަށް: ލަގްޒަރީ އޮފީސްތަކާއި، ކޮންސަލްޓަންޓުންގެ ނެޓްވޯކްތަކާއި، ކޮމްޕްލެކްސް ބައިނަލްއަޤްވާމީ ބިއުރޯކްރެސީއަކާއި، އެކަންކަން ހައްލުކުރުމަށްވުރެ “ކްރައިސިސް މެނޭޖްމަންޓަށް” ޚަރަދުކުރާ ބޮޑެތި ފައިސާގެ އަދަދުތަކެވެ.

މިދަންނަވާ އަދަދުތަކަކީ ދޮގެއް ނޫން ކަމުން، އަޅުގަނޑު ސާފުކޮށް ވާހަކަ ދައްކާނަން، އެމެރިކާގެ އެހީގެ %9 އަށްވުރެ މަދު އެހީ ލިބޭ ޤައުމުތަކުގެ ތެރޭގައި އަތުންއަތަށް އެހީ ފޯރުކޮށްދޭ ޤައުމުތައް ހިމެނެއެވެ.  ބާކީ ބައިތައް ދަނީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ މުސާރައާއި، ވޯކްޝޮޕްތަކާއި، ގިނަ ފަހަރަށް ވަކިކަމެއްކަމަށް ތަރުޖަމާ ނުވާ އެތައް ރިޕޯޓްތަކަކަށެވެ.

އެކަމަކު ހުޅަނގަށް ކުރިމަތިވި އިގްތިސާދީ ދަތިތަކަމަށް ފަހު ޔޫރަޕާއި އެމެރިކާގެ ރައްޔިތުން އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތަކަށް ފައިނޭންސް ކުރަން ބޭނުން ނުވާއިރު އަމިއްލަ ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ކުރިއަށްވެސް ނެރެވިފައެއް ނެތެވެ. އަދި އެއަށްވުރެ ގޯސްކޮށް، މި އެހީގެ ސަބަބުން އަމިއްލައަށް ކުރިއެރުމުގެ ގާބިލްކަން ހުރި އިގްތިސާދުތަކުގައި އުފެއްދުންތެރިކަން ނާކާމިޔާބުވެ، ބައެއް ފަހަރު ބަރޯސާވުން އޭގެ އެންމެ ފުނަށް އެހީތެރިވެދެއެވެ.

އެހީގެ ތާރީހީ މިޝަންގައި ނާކާމިޔާބުވެފައިވާނަމަ، ހަމައެކަނި ހަގީގީ ބަދަލަކީ ސިނާއީ ތަރައްގީ ކުރުމެވެ. ދެކުނު ކޮރެއާ އާއި ޗައިނާ ފަދަ ފަގީރުކަމުން އަރައިގަތުމަށް ކާމިޔާބު ލިބިފައިވާ ގައުމުތަކުން އެކަން ކުރީ އެހީ ހޯދައިގެން ނޫން ކަމާއި ވަރުގަދަ އުފެއްދުންތެރި އަސާސެއް ބިނާކޮށްގެން ކަމަކީ ތާރިޚްހެކިދޭ ކަންކަމެވެ.  ހަމައެފަދައިން، މިއަދު ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ސާފުތާހިރުކަމާ ބެހޭގޮތުން ނުވަތަ ނިއުޓްރިޝަނަލް ހޭލުންތެރިކުރުމާ ބެހޭގޮތުން އިތުރު ޕްރޮޕެގެންޑާ ކެމްޕޭންތަކެއް ނުހިނގާ؛ އޭގެ ބަދަލުގައި އެމީހުންނަށް ބޭނުންވަނީ ފެކްޓްރީތަކާއި، ކަރަންޓާއި، މަގުތަކާއި، އަމިއްލައަށް އިންވެސްޓްކުރެވޭނެ ހާމަކަން ބޮޑު ޓެކްސް ނިޒާމުތަކެކެވެ.

އެހެންކަމުން ސިނާޢީ ބަދަލެއް ޙާޞިލުކުރެވޭނީ ޝިޢާރުތަކެއްގެ ތެރެއިންނެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމަށް ބޭނުންވަނީ އިންފްރާސްޓްރަކްޗަރ އަށް ހަގީގީ އިންވެސްޓްމަންޓްތަކެކެވެ.  ކަރަންޓާއި، ދަތުރުފަތުރާއި، މުވާސަލާތީ ވަސީލަތްތަކާއި، ފެނެވެ. މިއީ ޓެކްސް ނުދައްކައިދެވޭ ޚިދުމަތް ތައްކަމަށްވެފައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން ހާއްސަކޮށް މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކުން އިންތިހާއަށް ޝައުޤުވެރިފެވައިވާނޭވެސް ދާއިރާއެކެވެ.

 

ހުޅަނގުގެ މާކެޓްތައް ދެކުނުގެ އުފެއްދުންތަކަށް ހުޅުވާލުމަކީ ޓެރިފް ހުރަސްތަކުގެ ސަބަބުން އެކްސްޕޯޓް ކުރުމަށް ހުރަސްއެޅިއްޖެނަމަ މާނައެއް ނެތް ކަމެކެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ ވެރިކަމެއް ނެތި ވަސީލަތްތައް ބޭނުންކުރުމަކީ، ބެޓެރީ އުފެއްދުމަށް ބޭނުންވާ ކޯބަލްޓް ޕްރޮސެސް ކުރުމުގެ ގާބިލްކަން ނެތި ނުވަތަ އާމްދަނީން ފައިދާއެއް ނެތި އުފައްދާ ކޮންގޯގައި ވެސް ވާ ފަދައިން، ކުރީގެ ޑިޕެންޑެންސީ ގުޅުންތައް އުފައްދާ ކަމެކެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އެހީގެ ނިޒާމު ފުނޑުފުނޑުވެގެން ދިއުމަކީ ދުނިޔެ ނިމުމަކަށް އައުމުގެ މާނައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އުތުރާއި ދެކުނުގެ ގުޅުން އަލުން ބައްޓަން ކުރުމަށް ލިބުނު ހަގީގީ ފުރުސަތެއްގެ ފެށުމަކަށް ވެދާނެ އެވެ. އާޚިރުގައި މިހާރު ސުވާލަކީ އެހީ ނިމުމަކަށް އަންނާނެތޯ ނޫން ކަމަށާއި، އޭގެ ބަދަލުގައި އިންސާފުވެރި މޮޑެލްއެއް އުފައްދާނެތޯ ނުވަތަ ނުހައްގު ދުނިޔެއެއް ދަމަހައްޓާނީތޯ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *