“އިބްރާހިމް ޓްރައޯރޭގެ މެސެޖުތަކުން އަޅުގަނޑުމެން މި އުޅޭ ޒަމާން ދައްކުވައިދެއެވެ؛ އެފްރިކާގެ ގިނަ ބަޔަކު އެމީހުންގެ ބައްރާ ހުޅަނގާއި އޮންނަ ގުޅުމާ މެދު ސުވާލު އުފައްދާ ޒަމާނެއް، އަދި ވަސީލަތްތަކުން މިހާ މުއްސަނދި ބައްރެއްގައި އަދިވެސް ފަގީރުކަން އެހާ އާންމުވަނީ ކީއްވެގެންތޯ.”
• 2022 ވަނަ އަހަރު އާންމުންގެ ބޮޑު ތާއީދާއި މަގުބޫލުކަމުގެ ތެރޭގައި ބުރްކިނާ ފާސޯގެ އަސްކަރީ ބަޣާވާތަކަށް ފަހު ބުރްކިނާ ފާސޯގެ ވެރިކަން އަތުލައިގަތް ކެޕްޓަން އިބްރާހިމް ޓްރައޯރޭގެ ވެރިކަމަށް އައުމަށްފަހު ކުރި އަނިޔާތަކުގެ ވާހަކަ ހުޅަނގުގެ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ތަކުރާރުކޮށް ރިޕޯޓްކޮށްފައިވެ އެވެ .
• ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި ޓްރައޯރޭގެ ވެރިކަމާ ދެކޮޅަށް ކުރާ ތުހުމަތުތައް ބިނާވެފައިވަނީ 2024 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ފަސްކޮށް، އިދިކޮޅުން ބޮއިކޮޓް ކުރި ގައުމީ މަޝްވަރާތަކަށް ފަހު އިތުރު ފަސް އަހަރަށް ވެރިކަމުގައި ދެމިހުންނާނެ ކަމަށް އިއުލާން ކޮށް ވެރިކަން ދޫކޮށްނުލެވުމުންނެވެ.
މިއާ ހިލާފަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި ބުރްކިނާ ފާސޯގެ އަސްކަރީ ”ޖަންޓާއިން“ ވަނީ ނޫސްވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފިއްތުންތަކުގެ ކެމްޕޭނެއް ހިންގައި، ބައެއް މީހުން ގަދަކަމުން ގެއްލުވާލައި، ސިވިކް އެންގޭޖްމަންޓަށް ފުރުސަތުނުދީ ބަންދުކޮށްފަ އެވެ. ދަ އިކޮނޮމިސްޓުން ފާހަގަކުރާ ގޮތުގައި ޓްރައޯރޭ ވަނީ މިލިޓަރީ ލަޝްކަރުން އިދިކޮޅު ފަރާތްތައް ސާފުކޮށް، ސަލާމަތީ ވަސީލަތްތައް އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، ހުޅަނގުގެ ތާއީދު ލިބިފައިވާ ކަމަށް ދެކޭ ފާޑުކިޔުންތެރިން ޖަލަށްލާ ނުވަތަ ދަ އިކޮނޮމިސްޓުން ކިޔާ ”އިސްލާމިސްޓް ހަނގުރާމަވެރިންނާ“ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކުރިމައްޗަށް މީހުން ރެކްރޫޓްކޮށްފަ އެވެ.
މީގެ އިތުރުން ހުޅަނގުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުރްކިނާ ފާސޯގެ އަސްކަރީ ސަރުކާރުން އިސްލާމިސްޓް ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޮޑުތަނުން ގަވާއިދާ ހިލާފުވެފައިވާކަމަށާއި، ކުޑަކުދިން ހިމެނޭ ގޮތަށް އާންމުން ފުޅާދާއިރާއެއްގައި މަރާލި ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރެ އެވެ. ހިއުމަން ރައިޓްސް ވޮޗުން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރައޯރޭގެ ސިފައިން ވަނީ ބުރްކިނާ ފާސޯގެ ހުޅަނގުގެ ސޮލިންޒޯ ޓައުންގައި ޑްރޯން އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިނގި ޤަތުލުއާންމުގައި މަދުވެގެން 130 އާންމުން މަރާލާފައެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި މި ޤަތުލުއާންމުގެ ސަބަބުން ބުރްކިނާ ފާސޯގައި އުޅޭ ނަސްލެއްކަމަށްވާ ”ފުލާނީ“ ނަސްލުގެ އާންމުން ވެސް ވަނީ އިންކާރު ކުރި ނަމަވެސް އިސްލާމިސްޓް ހަނގުރާމަވެރިންނަށް ތާއީދުކުރާ ކަން ދައްކާފައެވެ. އަދި މިކަމުގައި މިމީހުން ނުކުމެފައިވާކަމަށް ބައެއްމީހުން ތުހުމަތުކުރެއެވެ.
އެކަމަކު އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް އަމަލުތަކާއި ވެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން އޭނާގެ ”ނިކަމެތި“ ރެކޯޑާ ހިލާފަށް (ކުޑަމިނުން ހުޅަނގުގެ ނަޒަރަކުން ބަލާއިރު) ވެސް ޓްރައޯރޭ ގެ މައްޗަށް އެބުނާ ވަރުގެ ކަންކަން ސާބިތުކުރެވި ތަހްގީޤީ ނަޒަރަކުން ބުނެދެވިފައެއްނުވެއެވެ. އިބްރާހިމް ޓްރައޯރޭ ގެ ގައުމުގައި ވަރަށް މަގުބޫލު ނަމަވެސް ހުޅަނގުގެ މީޑިއާ ކަވަރޭޖުން އެކަށީގެންވާ ސަމާލުކަމެއް އެކަމަކަށް ނުދެއެވެ. ހަމަ މިއާއި އެކު އޭނާ އެގެންގުޅޭ ސިޔާސީ އުސޫލުތަކާއި އިގްތިސާދީ ސިޔާސަތުތައް ގަބޫލުކުރެ އެވެ.
ބުރްކިނާ ފާސޯގެ ޖެނެރަލް ޓްރައޯރޭ އާންމުކޮށް ހުޅަނގަށް ދެއްކުމަށްޓަކައި ގެންގުޅުއްވަނީ ފުރައްސާރަ ރާގެއް ކަމަށާއި އަދި އޭނާ ވަނީ ރަޝިޔާއާ ވަރަށް ގާތްވެފާ ކަމަކީ ހާއްސަކޮށް ފާހަގަ ކުރެވޭ ކަމެކެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ ހަމައެކަނި ބުރްކިނާ ފާސޯގައި ނޫން ކަމަށާއި އެފްރިކާގެ ބޮޑެތި ސަރަހައްދުތަކާއި ދުނިޔޭގެ ފެންވަރުގައި ވެސް އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަމީ ބޮޑު ހަޤީޤަތެކެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ނެޓްވޯކް ބީބީސީން މިދިޔަ މެއި މަހު ބުރުކިނާގެ ލީޑަރުގެ މަގުބޫލުކަމާ ބެހޭ ގޮތުން ރިޕޯޓްތައް ޝާއިއުކޮށްފައިވާއިރު، ”ބުރުކިނާ ފާސޯގެ ލީޑަރު ދުނިޔޭގެ ހިތާއި ސިކުނޑި އަތުލައިގަތީ ކީއްވެގެން ހެއްޔެވެ؟“ އަދި ”އެފްރިކާގެ ޒުވާނުންގެ މެދުގައި އިބްރާހިމް ޓްރައޯރޭ މަގުބޫލުވަނީ ކީއްވެގެން ހެއްޔެވެ؟“ ފަދަ މަޢުލޫތަކަށް ލިޔެފައިވެއެވެ.
ޓްރައޯރޭގެ ފޭނުން ގިނައިން ދެކެނީ އޭނާ އަކީ ބައެއް ފަހަރު ”އެފްރިކާގެ ޗޭ ގުއެވާރާ“ ގެ ނަމުން ވެސް ނަންދެވިފައިވާ މާކްސިސްޓް އިންގިލާބީ ތޯމަސް ސަންކާރާ ފަދަ އެފްރިކާގެ ބަޠަލުންގެ ފިޔަވަޅުމަތީގައި އުޅޭ މީހެއްގެ ގޮތުގަ އެވެ.
2023 ވަނަ އަހަރު “ އެފްރިކާގެ އެހެން ބަޣާވާތެއްގެ ލީޑަރަކާ އިބްރާހިމް ޓްރައޯރޭ ތަފާތު ހެއްޔެވެ؟”
އަޅުގަނޑުމެން ތަޙުލީލުކުރީ، ޒުވާން އާ ލީޑަރަށް މިހާ ބޮޑު މަގުބޫލުކަމެއް ލިބެނީ ކީއްވެގެންތޯއެވެ. މިގޮތުން މުހިންމު ގޮތެއްގައި ފޯކަސްކުރީ “ހުޅަނގުގެ ސަރަޙައްދީ ވެރިކަމާ” ދެކޮޅަށް އޭނާ ހިންގި ސިޔާސީ ހަރަކާތްތަކުގެ އިތުރުން، އޭނާގެ ތަޤްރީރުތަކާއި، އޭނާ އާލާކޮށްފައިވާ ”ޕެރްސޯނާ“ ތަކަށެވެ. މިހުރިހާ އަހަރެއް ފަހުން ޑިމޮކްރެޓިކް ދައުލަތެއް ބިނާކޮށް އާންމުންނަށް ވެރިކަން ބަދަލުކުރުމުގެ ވައުދު ފުއްދައި ނުދިން ނަމަވެސް ، އިބްރާހިމް ޓްރައޯރޭ އަށް އެފްރިކާ އަދި ދުނިޔޭގެ މަގުބޫލުކަން ދެމެހެއްޓިފައި އޮތުމާއި ކުރިއަރަމުންދިއުމުގެ ފަހަތުގައި ވަނީ ކޮންކަންތައްތަކެއްކަން ދެނެގަތުމަކީ މުހިއްމުކަމެއްކަން ދެނެގަތުން މުހިއްމެވެ. މި ލިޔުމުގައި އަޅުގަނޑުމެން އެންމެ ބޮޑަށް އަލިއަޅުވާލާނީ އިޤްތިޞާދީ ފަރާތަށެވެ.
އެމެރިކާގެ ބަޣާވާތެއް؟
އޭޕްރީލް މަހުގެ ކުރީކޮޅު އެމެރިކާގެ އެފްރިކާ ކޮމާންޑްގެ ކޮމާންޑަރު ޖެނެރަލް މައިކަލް ލެންގްލީ ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓގައި ވިދާޅުވީ ޓްރައޯރޭ އިސްކޮށް ހުންނަވައިގެން ބުރްކިނާ ފާސޯގެ އަސްކަރީ ވެރިކަމުން އިޤްތިޞާދުން ނާޖާއިޒް ނަގަމުންދާކަމަށެވެ. އަދި އާބާދީއަށް ވުރެ ބޮޑަށް އެގައުމުގެ ވަސީލަތްތައް ޚާއްސަކޮށް ރަނުގެ ރިޒާވް ބޭނުން ކުރަމުންދާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ވެރިކަމުން ރަޝިޔާގެ ހިމާޔަތުގެ ބަދަލުގައި އެގައުމުގެ ރަނުގެ ހިއްސާއެއްގެ ބަދަލުގައި ރަޝިޔާއަށް ރިޝްވަތު ދެމުން އަންނަ ކަމަށާއި އެއީ ބައެއް މީހުން ސިފަކުރާ ގޮތުގައި ހުޅަނގުގެ ސަރަޙައްދީ ވެރިކަން ނައްތާލަން މަސައްކަތްކުރާ ގައުމިއްޔަތު ވެރި ވެރިކަމެއް ނޫން ކަމަށެވެ. ސެނެޓުގައި ލެންގްލީ ދެއްކެވި ވާހަކަތަކަކީ ބުރްކިނާ ފާސޯގެ ވެރިކަމާ ހައްލު ހޯދުމަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަން ގޮވާލުމަށް ކުރި މަސައްކަތުގެ ބައެއް ކަމަށް ބީބީސީން ބުނެ އެވެ.
އެމެރިކާގެ ކޮމާންޑަރުގެ ބަޔާން ކުށްވެރިކޮށް ބުރްކިނާ ފާސޯ ސަރުކާރުން ވަނީ އެމެރިކާގެ އިސްތިގުލާލަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ. ޓެންޝަންގެ ހާލަތު އިތުރަށް ގޯސްކޮށް، އޭގެ ކުޑައިރުކޮޅެއް ފަހުން ޓްރައޯރޭ ވެރިކަމުން އެގައުމުގައި ބަޣާވާތުގެ ރޭވުން ނާކާމިޔާބުކުރިކަން އިއުލާންކޮށް، ރޭވުންތެރިން އެމީހުންގެ ރޭވުން އިންތިޒާމުކޮށް ތަންފީޒު ކުރުމަށް ކޯޓް ޑި އަވަރީގެ އަސާސެއްގެ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެވެ.
ހައިރާންވާންޖެހޭ ކަމަކީ ޓްރައޯރޭ އޭނާގެ ގައުމުގެ މަސްލަހަތާ ހިލާފަށް މަސައްކަތް ކުރައްވާ ކަމަށް ބުނާ ވާހަކަތައް ހިމެނޭ ލެންގްލީގެ ވާހަކަފުޅުން ޒުވާން އަސްކަރީ ލީޑަރަށް ބޮޑެތި ފައިދާތަކެއް ލިބި، އޭނާގެ ބޮޑު މަގުބޫލުކަން ކަށަވަރުވެ، ދުނިޔޭގެ ސަމާލުކަމަށް އޭނާ އަނބުރާ ގެންދިޔަ އެވެ. ނާކާމިޔާބު ކަމަށް ބުނާ ބަޣާވާތުގެ ރޭވުން އިއުލާން ކުރުމާ ގުޅިގެން ބުރްކިނާ ފާސޯގައި ބޮޑެތި އެއްވުންތަކެއް ބާއްވައި ޓްރައޯރޭއަށް ތާއީދު ފާޅުކުރި އެވެ.
މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓިކްޓޮކާއި ޔޫޓިއުބްގައި ދައުރުވަމުން އަންނަނީ އިބްރާހިމް ޓްރައޯރޭ އާއި ހުޅަނގުގެ ސަރަޙައްދީ ވެރިކަމަށް އެމީހުން ކިޔާ އެއްޗަކާ ދެކޮޅަށް އޭނާ ކުރާ އަމަލުތަކަށް ތައުރީފު ކުރަމުންނެވެ.
އޭނާއާ އެއްބައިވަންތަކަން އުފެދުނީ ހަމައެކަނި އެފްރިކާއިން ނޫން ކަމަށާއި، އެފްރިކަން އެމެރިކާގެ ގިނަ ބަޔަކު ވެސް ހިމެނޭކަމަށާއި، ހުޅަނގުގެ ވެރިރަށްތަކުގައި އޭނާއަށް ތާއީދުކޮށް ހިނގާލުންތައް ބާއްވާފައިވާ ކަމަށެވެ. ބުރްކިނާ ފާސޯގެ ވެރިރަށް އޮވާގަޑޫގޫގައި އެމީހުންގެ މިލީޑަރަށް ތާއީދުކޮށް ބޭއްވި ބޮޑު ހިނގާލުންތަކުގެ ތެރެއިން އެއް ހިނގާލުމުގައި އޮސެބޭ ޔޯހާން ކިޔާ މިއުޒީޝަނަކު އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާއިން މިހާރު ބުރްކިނާ ފާސޯއާ އެކު ކުރަން އުޅޭ ކަމަކީ ކުރިން އިރާގާއި ލީބިޔާއާ އެކު ކުރި ދޮގު އުފެއްދުމުގެ އުސޫލު ކަމަށެވެ.
ނަމަވެސް ހުޅަނގުގެ ބައެއް ޕްލެޓްފޯމްތަކުން އިބްރާހިމް ޓްރައޯރޭގެ މަގުބޫލުކަމާ މެދު އޭނާގެ ގައުމުގެ ތެރޭގައި ސުވާލު އުފައްދައި، އޭނާ އެހާ މަގުބޫލު ނަމަ އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ އެކްޓިވިސްޓުންނާއި ފަނޑިޔާރުންނާ ދެކޮޅަށް ވެސް ފިއްތުންތައް ބޭނުން ނުކުރީސް ކަމަށް ބުނެ އެވެ. ނަމަވެސް ޓްރައޯރޭއަށް ތާއީދުކޮށް އެ ޤައުމާއި ޤައުމުން ބޭރުގައި ހިނގާފައިވާ ބޮޑެތި މުޒާހަރާތަކާއި، ސޯޝަލް މީޑިއާގައި އޭނާއަށް ތާއީދުކުރާ ވީޑިއޯތަކުން، އިބްރާހިމް ޓްރައޯރޭ އޮތް މަގުބޫލުކަން އެންމެނަށް އެނގޭއިރު މި މި ދައްކާ ހުއްޖަތުގެ އެއްވެސް ބުރަދަނެއް ނެތެވެ.
އަދި ޓްރައޯރޭގެ އިންސާނީ ހައްގުތަކާ ބެހޭ ކަންކަމަށް ވަކި ސިޔާސީ އެޖެންޑާތަކެއްގެ ޚިދުމަތުގައި ހުޅަނގުގެ މާބޮޑަށް ސަމާލުކަން ލިބޭ ކަމަށް ހީކުރެވޭ ގޮތް ހަނދާން ނައްތާނުލާ ގިނަ ލީޑަރުންގެ ވާހަކަ ވެސް ތާރީޚުން ކިޔައިދެއެވެ.
އެއަށްވުރެ މާ ބޮޑަށް ޓްރައޯރޭއަށް އެފްރިކާގެ މަގުބޫލުކަން ދައްކުވައިދޭ ސާފު ހާދިސާތަކެއް ވެސް އެބަހުއްޓެވެ. އެފްރިކާގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޒުވާން ލީޑަރަށް ލިބުނު ގިނަ ތާއީދު އެއްފަރާތްކޮށްލާއިރު، މިއަހަރުގެ ކުރީކޮޅު ގާނާގައި ރައީސް ޖޯން ޑްރަމަނީ މަހާމާ އިފްތިތާހު ކުރެއްވުން ފާހަގަކުރެވުނީ ޓްރައޯރޭއަށް ހާޒިރުވި ހުރިހާ ރައީސުންގެ ތެރެއިން އެންމެ ބޮޑަށް އަތްތިލަބަޑި ޖަހާފައިވާކަން ކަމަށް އެފްރިކަން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ ސްޓަޑީޒް އިން ބުނެފައިވެއެވެ. ނަމަވެސް ޓްރައޯރޭގެ ސިފައާ މެދު ޚިޔާލުތަފާތުވުން އުފެދުނީ އޭނާގެ ފިސްތޯލަ ހޯލްސްޓަރެއްގައި އޭނާގެ ކަކުލުގައި އަޅުވާފައި ހުރިތަން ފެނުމުންނެވެ.
ގާނާގައި ހުންނަ އެފްރޯބެރޯމީޓަރ ރިސާޗް ނެޓްވޯކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ބުރްކިނާބީގެ %66 މީހުން މިހާރު އެމީހުންގެ ގައުމުގައި އަސްކަރީ ވެރިކަން ގަބޫލުކުރާއިރު، މީގެ 13 އަހަރު ކުރިން އެއީ އެންމެ %24 މީހުންނެވެ.
އިޤްތިޞާދީ ގޮތުން ބުރަވެފައި އޮތީ ރަނގަޅު ފަޅިއަށް
”ޓްރައޯރޭގެ ރެޑިކަލް އިސްލާހުތަކުގެ ސަބަބުން މުޅި އެފްރިކާގައި އޭނާގެ މަގުބޫލުކަން އިތުރުވެފައިވާއިރު، މިހާރު އޭނާ އަކީ ޖަދަލުކުރެވޭ ގޮތުގައި އެ ބައްރުގެ އެންމެ މަގުބޫލު ރައީސް.“
ވޯލްޑް ބޭންކުން ސިފަކުރާ ގޮތުގައި އާމްދަނީ ދަށް އަދި ގުދުރަތީ ވަސީލަތްތައް މަދު، ދަނޑުވެރިކަމާއި މައިނިންގ އަދި ރަން އުފެއްދުމުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއް ބިނާވެފައިވާއިރު، އާބާދީގެ %40 އަށްވުރެ ގިނަ މީހުން ދިރިއުޅެނީ ގައުމީ ފަގީރުކަމުގެ ރޭޓުން ދަށުގައި ކަމަށާއި، އާންމުކޮށް އދ. އިން އެމީހުންގެ، އަވަހާރަކޮށްލި ކުރީގެ ލީޑަރު ތޯމަސް ސަންކާރާ ހަނދާންކޮށްދީ، 1980 ގެ އަހަރުތަކުގައި އެގައުމަށް ބޮޑެތި އިގްތިސާދީ ކާމިޔާބީތަކެއް ހޯދައިދިނެވެ. އިބްރާހިމް އޭނާގެ ޝިއާރުތައް ތަކުރާރުކޮށް، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފެށުމުގައި ބާރުއެޅުއްވީ، ގައުމު ކުރިއަރާނީ ހަމައެކަނި ސަންކަރާ ކުރިން ކަނޑައަޅުއްވާފައިވާ ތަސައްވުރުގެ ތެރެއިން ކަމަށެވެ.
ދަ އިކޮނޮމިސްޓުން ބުނާ ގޮތުގައި މި ދެމީހުންގެ މެދުގައި އޮންނަ އެއްގޮތްކަމަކީ ހަމައެކަނި ފަށުވި ކަމެއް ނޫނެވެ. އިބްރާހިމް ޓްރައޯރޭގެ ޕްލޭން ބަރޯސާވެފައިވަނީ އިގްތިސާދީ ގޮތުން އަމިއްލައަށް ދިރިއުޅެވޭނެ ގޮތް ހޯދުމާއި، ކޮރަޕްޝަން މުޅިން ނައްތާލުމާއި، ގައުމުގެ މައިނުތައް ގައުމީ ކުރުމާއި، ބޭރުގެ ކުންފުނިތަކުން ލައިސަންސް ބާތިލުކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަސާސީ ކާބޯތަކެތި ހޯދޭނޭގޮތް ފަހިކުރުމާއި، ޚާއްސަކޮށް ހަނޑޫ އެކްސްޕޯޓްކުރުން މަނާކުރުމަށެވެ. އަދި ދަނޑުވެރިންނަށް ހިލޭ ޓްރެކްޓަރުތައް ބަހާއިރު، އެ ހުރިހާ ކަމެއް ވެސް ފެންނަނީ ވަކިން ވަކިން ކަނާތުފިޔައިގެ އަދި ”ސަންކަރިސްޓް“ ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ.
ބީބީސީން ބުނާ ގޮތުގައި ޓްރައޯރޭ ވަނީ މިހާތަނަށް އޭނާގެ ގައުމުގައި ވާތުފިޔައިގެ އިގްތިސާދީ ސިޔާސަތެއް ގެންގުޅެ، އެގައުމުގެ ފުރަތަމަ ރަސްމީކޮށް ދައުލަތުގެ ބޭންކެއް ފަށައި، އެގައުމުގެ ފުރަތަމަ ރަން ރިފައިނަރީ ހަދައި، ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ކުންފުންޏެއްގެ ދެ ރަން މައިން ގައުމީކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ގައުމީ ކުރުމުގެ މަސައްކަތް ކުރައްވާނެކަން ކަށަވަރުކޮށްދީފަ އެވެ. އަދި ބުރްކިނާ ފާސޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ރަން ރިޒާވް ވެސް އޭނާ ވަނީ ގާއިމްކޮށްފަ އެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭރުގެ ކުންފުނިތަކަށް ދިން ބައެއް މައިނިން ލައިސަންސްތައް އަނބުރާ ގެންދިއުމަށް އިއުލާން ކުރުމުން އޭނާ ވިދާޅުވީ ”މަލްޓިނޭޝަނަލް ކުންފުނިތަކަށް މިކަން ކުރަން ހުއްދަ ދޭ ސަބަބެއް ނުވިސްނޭ! އަމިއްލައަށް ރަން ނެގޭނެ ގޮތް އެނގޭ“ ކަމަށެވެ.
މިއީ ކުދި އުފެއްދުންތެރިންނަށް ރަން އެކްސްޕޯޓް ކުރުމުގެ ހުއްދަތައް މެދުކަނޑާލުމުގެ އިތުރުން، އެގައުމުގެ ގުދުރަތީ ވަސީލަތްތަކަށް ހުރަސްއެޅޭ ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވުމުގެ މަގުސަދުގައި ކަމަށް އެފްރިކަން ލައިން މަޖައްލާއިން ބުނެ އެވެ.
މީގެ އިތުރުން އިބްރާހިމް ޓްރައޯރޭ ވެރިކަމާއި ހަވާލުވެ، ދައުލަތުގެ މައިނިން ކުންފުންޏެއް އުފައްދައި، ބޭރުގެ ކުންފުނިތަކުން އެ ކުންފުނީގެ ލޯކަލް އޮޕަރޭޝަންތަކުގައި %15 ހިއްސާ ހިފެހެއްޓުމަށް ލާޒިމުކޮށް، އެމީހުންގެ ފަންނީ ހުނަރުތައް ބުރްކިނާބޭ ރައްޔިތުންނަށް ބަދަލުކުރަން ޖެހުނެވެ. ރަޝިޔާއާ ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް، ޓްރައޯރޭ އޭނާގެ ހަރުކަށި އުސޫލުތަކުން ރަޝިޔާގެ މައިނިން ކުންފުނި ނޯޑް ގޯލްޑް އިސްތިސްނާއެއް ނުކުރެ އެވެ.
ދަނޑުވެރިކަމުގެ ފައިލަށް ބަލާއިރު، ”ސާހެލް ލިބަރޓީ ނިއުސް“ ޕްލެޓްފޯމުން ޓްރައޯރޭގެ ފިޔަވަޅުތަކަށް އިޝާރާތް ކުރަނީ އުންމީދީ ރާގަކަށް ކަމަށާއި، އޭނާގެ ފުރަތަމަ ދަނޑުވެރިކަމުގެ ސިޔާސަތުގެ ނަތީޖާތަކުން މޭވާ ލިބެން ފަށައި، އަބަދުވެސް އަނިޔާވެރިކަމާއި ފަގީރުކަން ތަހައްމަލު ކުރަމުން އަންނަ ރައްޔިތުންގެ ހިތްތަކުގައި އުއްމީދު އުފެދެން ފަށާފައިވާ ކަމަށެވެ. ދަނޑުވެރިކަމުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގާއިމްކޮށް، ދަނޑުވެރިންނަށް އެހީތެރިވެދީ، ފަރުދާ ބެހުމަށްފަހު، ދަނޑުވެރިކަމުގެ އުކުޅުތައް ޒަމާނީކޮށް، ދަނޑުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބި، ދަނޑުވެރިކަމުގެ ދާއިރާގައި ވަޒީފާތައް އުފެދި، އިމްޕޯޓް މަދުވެފައިވެއެވެ. އަދި ނޭޝަނަލް ސެންޓަރ ފޯ ސަޕޯޓް ޓު ކޮޓަން ޕްރޮސެސިން ގާއިމްކޮށް ލޯކަލް މެނުފެކްޗަރިން އަދި ކޮޓަން ޕްރޮސެސިން ޔުނިޓްތަކަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިއީ މަގުތަކާއި ޑޭމް ހެދުމުގެ މަޝްރޫއުތައް ފެށުމާއި، އާ އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ހެދުމާއި، އަސާސީ މުދަލުގެ އަގު ރެގިއުލޭޓް ކުރާ ޑިކްރީތައް ނެރުމެވެ. އެހެންކަމުން، އެ ޕްލެޓްފޯމްގައިވާ ގޮތުން، ޓްރައޯރޭއަށް ވަނީ، މިހާތަނަށް ވެރިކަމުގައި ހޭދަކުރި މަދު އަހަރުތަކުގެ ތެރޭގައި، މިއަށްވުރެ ވަރުގަދަ އިގްތިސާދެއްގެ ބިންގާ އެޅިފައެވެ.
ދަނޑުވެރިކަމުގެ ސިޔާސަތާ މެދު ޓްރައޯރޭގެ އުންމީދީ ވިސްނުމާ ދަ އިކޮނޮމިސްޓުން ހިއްސާ ނުކުރި ނަމަވެސް، އޭނާގެ އިސްނެގުމުން އަދި މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ބުނި ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް އޭނާ ކުރަމުންދާ ވަރުގަދަ ކެމްޕޭނުން މޭވާ ލިބެމުންދާކަން ކަށަވަރުކޮށްދެ އެވެ. ހުޅަނގުގެ ސަފީރަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ބުރްކިނާ ފާސޯގައި ކޮރަޕްޝަން އާންމުވެފައިވާ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުދައްކާ ޓްރައޯރޭގެ އަދަބު ލިބޭނެ ކަމަށް އޮފިޝަލުން މިހާރު ބިރުގަންނަ ކަމަށެވެ.
ހަގީގަތުގައި އައިއެމްއެފްގެ އަދަދުތަކުން ޒުވާން ލީޑަރުގެ ދަށުން ބުރްކިނާ ފާސޯގެ އިގްތިސާދަށް ހެޔޮ ނިޝާންތަކެއް ފާހަގަކޮށް، ގޮންޖެހުންތަކެއް ހުރި މާހައުލެއް އޮތް ނަމަވެސް، 2025 ވަނަ އަހަރު ވެސް އިގްތިސާދު ކުރިއަރާނެކަން ކަށަވަރުކޮށްދެ އެވެ. އަދި އިޖުތިމާޢީ ރައްކާތެރިކަމެއްވެސް މެއެވެ.
ވޯލްޑް ބޭންކުގެ އަންދާޒާތަކުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި، އެއީ ބުރްކިނާ ފާސޯގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހިދުމަތްތަކުގެ ދާއިރާއަށް ތާއީދު އޮތްކަން ކަށަވަރުކޮށްދީފައިވާތީ އެވެ. ދަނޑުވެރިކަމަށް ސަރުކާރުން ދޭ ފައިދާހުރި އެހީތެރިކަމާއި، ކުރިން ދޫކޮށްލާފައިވާ ބިންތަކަށް ބައެއް ދަނޑުވެރިން އެނބުރި ދިއުމާއި، ދަނޑުވެރިކަން ކުރުމަށް ތިރި ބިންތައް ތަރައްގީކުރުމާއި، އާންމުކޮށް ބުރްކިނާ ފާސޯގައި ދަނޑުވެރިކަން ކުރާ ސަރަހައްދު ފުޅާކުރުމަށް ބޭންކުން ތައުރީފުކުރި އެވެ. އަދި އިންތިހާއަށް ފަގީރު ހާލަތުގައި އުޅޭ މީހުންގެ އިންސައްތަ (ދުވާލަކު 2.15 ޑޮލަރަށް ވުރެ މަދު އާމްދަނީ ލިބޭ މީހުންގެ އާބާދީ ) 2023 އިން 2024 އަށް ދެ ޕަސެންޓް ޕޮއިންޓް ދަށްވެ، އާބާދީގެ %24.9 އަށް އަރާފައިވާކަން ވެސް ބޭންކުން ފާހަގަކުރި އެވެ. މިއީ ޚިދުމަތާއި ދަނޑުވެރިކަމުގެ ދާއިރާއިން ވަރުގަދަ ކުރިއެރުމެއް ލިބުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބޭންކުން ކަށަވަރުކޮށްދީފައިވެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރު (2024) ގައި ބުރްކިނާ ފާސޯގެ ކުރިއެރުމުގެ ރޭޓް %5 އާ ގާތްވާނެ ކަމަށާއި، އިސްލާމިސްޓް ހަނގުރާމަވެރިންނާއެކު ކުރި ހަނގުރާމައިގެ ސަބަބުން އެގައުމުގެ ސަލާމަތީ ހާލަތު ގޯސްވަމުންދާ ކަމަށް ލަފާކޮށް މައިނިން އުފެއްދުން އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ޖީޑީޕީގެ ޕަސެންޓެއްގެ ގޮތުގައި އާންމު ދަރަނި މަޑުމަޑުން ދަށްވާނެ ކަމަށް ލަފާކުރާއިރު، އޭގެ އިތުރުން 2027 ވަނަ އަހަރާ ހަމައަށް ފަގީރުކަމުގެ ނިސްބަތް އަހަރަކު އެއް ޕަސެންޓް ޕޮއިންޓް ދަށްވާނެ އެވެ.
އިންސްޓިޓިއުޓް ފޯ އެފްރިކަން ސެކިއުރިޓީ ސްޓަޑީޒްގެ އެފްރިކަން ފިއުޗާސް އެންޑް އިނޮވޭޝަން ޓީމުން މިއަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2025 އާއި 2043 އާ ދެމެދު ބުރްކިނާ ފާސޯގެ އިގްތިސާދު އެވްރެޖްކޮށް %8 އަށް އަރާފާނެ އެވެ. 2043 ވަނަ އަހަރުގެ ނިޔަލަށް ފަގީރުކަމުން ސަލާމަތްވެ، ގައުމުގެ ވެރިކަމުގެ އިސްލާހުތައް ކުރިއަށް ގެންގޮސް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށްފިނަމަ އެކަންވެސް ހާސިލްވެދާނެކަމަށެވެ.
ޝައްކުތަކާއި ގޮންޖެހުންތަކެވެ
ނަމަވެސް ހުރިހާ ވިސްނުންތަކެއް އުންމީދީ ގޮތަކަށް ނުފެނެއެވެ. ހުޅަނގުގެ ބައެއް އަދި އެފްރިކާގެ ބައެއް ނަޒަރިއްޔާތުންވެސް އިބްރާހިމް ޓްރައޯރޭގެ ތަޖުރިބާގެ ސައްހަކަމާމެދު ޝައްކު އުފެދެއެވެ. ދާދި ފަހުން ބުރްކިނާ ފާސޯގެ އުޞޫލުތަކަށް ވޯލްޑް ބޭންކުން ތައުރީފު ކުރި ނަމަވެސް، އެއިން އިޝާރާތް ކުރަނީ އެހެން ހަގީގަތަކަށް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ބާޣީ ޖަމާއަތްތަކާ އެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ފެށުނީއްސުރެ ތައުލީމާއި ސިއްހީ ދާއިރާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
އެގައުމުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ 20 ޕަސެންޓަށް މި ހަމަނުޖެހުންގެ އަސަރު ފޯރާފައިވާއިރު، އޭގެ ސަބަބުން ހަތަރު މިލިއަން މީހުންނަށް ސިއްހީ ހިދުމަތް ލިބުމުގެ ފުރުސަތުން ވަނީ މަހުރޫމްވެފަ ކަމުގައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި މާޗް މަހުން ފެށިގެން އެގައުމުގެ ތައުލީމީ އިންފްރާސްޓްރަކްޗާގެ ގާތްގަނޑަކަށް 21 ޕަސެންޓް ބަންދުކޮށްފައިވާއިރު، އެތައް ލައްކަ ދަރިވަރުންގެ ތައުލީމަށް ބުރޫއަރާފައިވެ އެވެ.
އެގައުމުގެ ސަލާމަތީ ހާލަތު ގޯސްވަމުންދާކަން ވޮޝިންޓަން ޑީސީގައި އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓް (އޭސީއެލްއީޑީ) އިން ކުރި ދިރާސާތަކުން ވެސް ފެންނައިރު، ބަޣާވާތުގެ ކުރިން އަހަރު ބުރްކިނާބޭ ސަރުކާރާއި ބާޣީ ޖަމާއަތްތަކުގެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 2،894 އަށް އަރާފައިވާއިރު، 2024 ވަނަ އަހަރު ޓްރައޯރޭގެ ލީޑަޝިޕްގައި މި އަދަދު 7،200 އަށް އަރާފައިވެ އެވެ. ދަ ކޮންވާޝަން އިން ބުނާ ގޮތުގައި ޓްރައޯރޭގެ ސަލާމަތީ ފިޔަވަޅުތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުނުކަން ސާބިތުވެފައިވާއިރު، އޭނާ ވެރިކަމާ ހަވާލުވި ފަހުން އިސްލާމިސްޓް ހަނގުރާމަވެރިންނާ ގުޅުން ހުރި 3،000 އަށް ވުރެ ގިނަ އަނިޔާވެރި ހާދިސާތައް ހިނގާފައިވާއިރު، މިއީ އޭނާގެ ވެރިކަމުގެ ކުރިން ދެ އަހަރަށް ވުރެ %20 އިތުރު އަދަދެކެވެ.
އެއަށްވުރެ މާ ބޮޑަށް އެފްރިކާގެ ސެންޓަރ ފޯ ސްޓްރެޓެޖިކް ސްޓަޑީޒް (އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއާ ގުޅުންހުރި ތިންކް ޓޭންކެއް) ގެ ދިރާސާވެރިއެއް ކަމަށްވާ ޑޭނިއަލް އެޒިންގާ އާއި ނައިޖީރިއާގެ ބާސް ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ގުޅުންތަކުގެ ޕްރޮފެސަރު ގްބާރާ އޮވާނިން ބުނާ ގޮތުގައި ޓްރައޯރޭ އަށް ބުރްކިނާ ފާސޯގެ ބިންމަތީގައި ހަގީގީ، ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
އަދި ޓްރައޯރޭގެ ވެރިކަމުގައި ސަލާމަތީ ހާލަތު ގޯސްވެ، ޚުދު ވެރިރަށަށްވެސް ނުރައްކާ ބޮޑުވެފައިވާ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓުން ފާހަގަ ކުރެ އެވެ. އެޤައުމުގެ %60 އަށްވުރެ ގިނަ ސަރަހައްދު މިހާރު ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި އޮތްއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. ބީބީސީން ފާހަގަކުރާ ގޮތުގައި 2025 ވަނަ އަހަރާ ހަމައަށް މި ހާލަތު ދެމިއޮންނާނެއެވެ. މި ހާލަތު ގޯސްވެފައިވަނީ ފާއިތުވި ދެ އަހަރު ތެރޭގައި ބުރުކީނާފާސޯގައި އަސްކަރީ ޚަރަދުތައް ގާތްގަނޑަކަށް %70 އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޓްރައޯރޭއަށް ސާފު ފާޑުކިޔުމެއްގައި އިނގިރޭސި ނެޓްވޯކުން ބުނަނީ އޭނާ ސަލާމަތީ ކަންކަމަށް ހޭދަކުރާ ހުރިހާ ފައިސާއެއް ލިބުނު ނަމަވެސް، އެގައުމުގެ ސަލާމަތީ ކޮންޓްރޯލްގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް އަޅުގަނޑުމެންނަށް ފެނިފައި ނުވާ ކަމަށެވެ. މާނައަކީ، އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، އެ ފައިސާ ބޭނުން ކުރައްވަނީ ގައުމުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ނުވަތަ ހަމަނުޖެހުންތަކުގެ އަސަރު ކުރި މީހުންގެ އިންސާނީ ހާލަތު ރަނގަޅު ކުރުމަށް ވުރެ ބޮޑަށް އޭނާގެ ވެރިކަން ހިމާޔަތް ކުރުމަށެވެ.
މިގޮތުން ޓްރައޯރޭ ވެރިކަން އެނބުރެމެންދަނީ އޭގެ ޕާފޯމަންސާއި ތަޞައްވުރުގެ ފުށުއަރާ ދެ ތަޞައްވުރެއްގެ ތެރޭގައެވެ. އިގްތިސާދީ ޑޭޓާތަކާއި އިންޑިކޭޓަރުތަކުން، ޚާއްސަކޮށް ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅުން ހުރި ޑޭޓާތަކުން އިންކާރު ނުކުރެވޭ ގޮތުގައި ޓްރައޯރޭގެ ވެރިކަމުން ރަނގަޅު ނަތީޖާތަކެއް ދައްކަ އެވެ. އަދި އެއާ ޚިލާފަށް ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ސަލާމަތީ ކަންކަމާ ގުޅުންހުރި އެހެން ޑޭޓާތަކުން ބޮޑެތި އުނިކަންތައްތައް ހާމަވެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ ބުރްކިނާ ފާސޯގެ ރައްޔިތުން ހަނގުރާމައާއި އިގްތިސާދީ ދަތިތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ހާލަތަށް އަދި ބޮޑެތި ބަދަލުތަކެއް ނުފެނުނު ނަމަވެސް، ޓްރައޯރޭގެ ވާހަކަތަކާއި އޭނާގެ ބައެއް އަމަލުތައް އެމީހުންގެ ހުވަފެންތަކާއި ކަރާމާތާއި އަސާސީ ހައްގުތަކުގެ އުންމީދުތަކުގެ އިތުރުން މުޅި ބައްރުގެ ގިނަ ޒުވާނުންގެ އުންމީދުތަކާ ގުގުމާލާފައިވާ ކަމެވެ.

