ބުރާ. ޖުލައި 16th, 2026

ފޮއްދޫ ފޮއްގަސް: ތާރީޚާއި ސަގާފަތުގެ ތެރެއިން

ނޫސްވެރިޔާ

ނ. ފޮއްދޫއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން އާސާރީ ގޮތުންނާއި ސަގާފީ ގޮތުން ފާހަގަކޮށްލެވޭ ފަޚުރުވެރި މާޒީއެއް އޮތް ރަށެކެވެ. މި ރަށުގެ ނަމާ ގުޅިފައިވާ އެންމެ މަޝްހޫރު އެއް ބިނާއަކީ ނުވަތަ ނިޝާނަކީ އެ ރަށުގައި ހުރި ކަމަށް ބުނާ ”ފޮއްގަސް“ އެވެ. މިއީ ފޮއްދޫގެ ރައްޔިތުން ނުހަނު ޚާއްޞަ އިސްކަމެއް ދެމުން އަންނަ، އަދި ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ފެންނަން ނެތް ފަދަ ތަފާތު ގަހެކެވެ.

ފޮއްދޫ ފޮއްގަހުގެ ތާރީޚަށް ބަލާއިރު، އެ ގަހުގެ މަޝްހޫރުކަން ބޮޑުކަމުން ޒަމާންވީ ރަސްރަސްކަލުންނާއި ރަދުން ވެސް ފޮއްދޫއަށް ޒިޔާރަތްކުރައްވާފައިވާކަން ތާރީޚީ ވާހަކަތަކުން އެނގެއެވެ. މިފަދަ ގަހެއް ރާއްޖޭގެ އެހެން އެއްވެސް ދިމާއަކުން ފެންނަން ނެތުމަކީ މި ގަހަށް ލިބިފައިވާ އެންމެ ބޮޑު ޚާއްޞަ ކަމެވެ. މި ގަހާ ގުޅުވައިގެން ދިވެހިބަހުގެ މިސާލު ބަސްބަހުގެ ތެރެއަށް ”ފޮއްގަހަށް އެރި މީހާއަށް ވީގޮތް“ މި ބަސް ވަނީ އިތުރުވެފައެވެ. މީގެ މާނައަކީ އުސް ތަނަކަށް އެރި ގޮތަކަށް، އެ ތަނަކުން ފައިބަން ނޭނގި ހައިރާންވެ އަންތަރީސްވުމެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގުބޫލު މި ގަހާ ބެހޭ ގޮތުން ހަ ބަހުގެ ރައިވަރެއް ވެސް ކިޔައި އުޅެއެވެ. އެ ރައިވަރުގައި ވަނީ:

”މިޔޮއް ފޮއްދޫ ގަހަކު ފޮއްގަ
މިޔަށް ފަހު ތިން އަހަރު ވީނަމަ
ރިޔަން ސަތާރަ ހަމަ ވީނަމަ“

މި ރައިވަރުން އެނގޭ ގޮތުގައި ފޮއްގަހުގައި އަޅާ މޭވާއަށް ކިޔަނީ ”ފޮނގަ“ އެވެ. އަދި އެ މޭވާ ގަހުން ނުވެއްޓި ތިން އަހަރު ދުވަހު އޮވެއްޖެ ނަމަ، އޭގެ ދިގުމިން ސަތާރަ ރިޔަނަށް އަރާނެ ކަމަށް ބުނެވެއެވެ. މިއީ މިއަދުގެ ޒުވާން ޖީލުގެ ކުދިން ވެސް ޝައުގުވެރިކަމާއެކު ކިޔައި އުޅޭ ރައިވަރެކެވެ.

އަވައްޓެރި ރަށްރަށުގެ މީހުން ފޮއްދޫ މީހަކާ

ނޫސްވެރިޔާ.ކޮމް

ބައްދަލުވުމުން ”ފޮއްގަ ފޮއްދޫ“ އޭ ކިޔައި ސަމާސާކޮށް ދިމާކޮށް ހަދައެވެ. ނަމަވެސް، މިއީ ފޮއްދޫގެ މީހުންނަށް ލިބޭ ދެރައެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ލިބޭ ނުހަނު ބޮޑު އުފަލަކާއި ފަޚުރެކެވެ. ރަށުގެ އަމިއްލަވަންތަކަމާއި، ތާރީޚީ މުއްސަނދިކަން މިފަދަ ނިޝާނަކުން ރަމްޒުކޮށްދޭތީއެވެ.

ނިންމާލަމުން ދަންނަވާނީ، ފޮއްދޫ ފޮއްގަހަކީ ހަމައެކަނި ގަހެއް ނޫނެވެ. އެއީ އެ ރަށުގެ ތާރީޚާއި، ބަހަވީ މުއްސަނދިކަމާއި، އަދި ދިވެހި ސަގާފަތުގެ ތެރެއިން ފޮއްދޫއަށް ލިބިފައިވާ ޚާއްޞަ ނަމެކެވެ. ”ފޮއްދޫ ފޮއްގަ“ އޭ ބުނުމުން ކޮންމެ ފޮއްދޫ މީހެއްގެ ހިތަށް ވެސް ވެރިވަނީ އުފާވެރިކަމާއި ފަޚުރުވެރިކަމެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *