ހޮނި. މާރޗް 14th, 2026

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތަކުން ބުނާ ނަތީޖާ ހާސިލް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

އެމެރިކާއިން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި އޮޒެމްޕިކް ފަދަ މަޝްހޫރު ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތަކުއް  ކްލިނިކަލް ޓްރައިލްތަކުގައި އިޝްތިހާރުކުރާ ގޮތަށް ، އެ އިސްތިހާރުތަކުގައި ދައްކުވާދޭހާ ފަސޭހައިން  އެދެވޭ ނަތީޖާ ނުލިބިދާނެ ކަމަށާއި އެކަމުގެ ސަބަބުން އެހެން ނަތީޖާއެއް ނުކުމެދާނެ ކަމަށް ހޯދުންތަކުން ވަނީ ހޯދިފައެވެ. .

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ދަ ޑެއިލީ މެއިލް“ އިން ބުނާ ގޮތުގައި ކްލީވްލެންޑް ކްލިނިކުން ކުރި ދިރާސާގައި ދިރާސާވެރިން ވަނީ ފަލަވުން  މި ބަލި ޖެހިފައިވާ (އެވްރެޖްކޮށް އުމުރުން 51 އަހަރު ގެ)  އެމެރިކާގެ ގާތްގަނޑަކަށް 8،000 ބަލިމީހުން ފޮލޯކޮށްފައި އެވެ.

 

ސިއްސުވާލާފަދަ ނަތީޖާތަކެއް

އޮބެސިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ބޭސް ކުންފުނިތަކުން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައިލްތަކުގައި (ތެރަޕީޓިކް) ދައްކާ ވަރަށް ވުރެ ފަލަބަލީގެމީހުންގެ ބަރުދަން %50 އާއި ހަމައަށް ދަށްވެ އެވެ

ހަމައެއާއިއެކު ބޭސް ދިނުން ހުއްޓާލުމުގެ ނިސްބަތް ވެސް މަތިވެފައިވާއިރު، ބަނޑުގެ މައްސަލަތަކާއި މަދުން ނަމަވެސް ލޯފަންވުން ފަދަ ބޮޑެތި ނޭދެވޭ އަސަރުތަކުގެ ސަބަބުން ގާތްގަނޑަކަށް %40 ބަލިމީހުން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭސް ބޭނުންކުރުން ހުއްޓާލާފައިވެއެވެ.

އެމީހުންނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި  ފަލަބަލީގެ ކޮންމެ ފަސްމީހުންގެ ތެރެއިން އެކަކު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބޭސް ކެއުން ހުއްޓާލާފައިވާއިރު، އަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް ކޮންމެ ތިންމީހަކުގެ ތެރެއިން އެކަކު ބޭސް ބޭނުންކުރުން ހުއްޓާލި އެވެ.

މި މުއްދަތުގައި ބައިވެރިވި ފަލަބަލީގެމީހުންގެ ހަށިގަނޑުގެ ބަރުދަނުގެ %4 އާއި %12 އާއި ދެމެދުގެ މިންވަރެއް، ފަރުވާގެ ދިގުމިނަށް ބަލާއިރު، ކްލިނިކަލް ޓްރައިލްތަކުގައި %15 އާއި %21 އާއި ދެމެދުގެ މިންވަރަކަށް ދަށްވެފައިވެއެވެ.

ބޮޑު ހަރަދާއި ނޭދެވޭ އަސަރުތަކެއް

ދިރާސާވެރިން ބުނާ ގޮތުގައި މި ތަފާތު ނިސްބަތްވަނީ ބޭސް ހުއްޓާލުމުގެ ނިސްބަތް މަތިވުމާއި ކްލިނިކަލް ޓްރައިލްތަކާ އަޅާބަލާއިރު ދަށް ޑޯޒްތައް ބޭނުންކުރުމުގެ އިތުރުން ހަރަދު ބޮޑުވުމާއި އިންޝުއަރެންސް ކަވަރޭޖް ހޯދުމަށް ދަތިވުމެވެ.

“ ނަތީޖާތަކުން ދައްކާ ގޮތުގައި ކޮންވެންޝަނަލް ކްލިނިކަލް ސެޓިންގްސްގައި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތައް ހަގީގަތުގައި  ބޭނުންކުރުމަކީ ރެންޑަމް ކްލިނިކަލް ޓްރައިލްތަކާ ވަރަށް ތަފާތު ކަމެއް، އެއީ އަވަހަށް ބޭނުންކުރުން ހުއްޓާލުމާއި ޑޯޒް ކުޑަކުރުމުން ބަރުދަން ލުއިކުރުމަށް އަސަރުކުރާ ކަމެއް،“ ލީޑް ސްޓަޑީ ލިޔުންތެރިޔާ ޑރ.ހެމްލެޓް ގަސޯޔަން ވިދާޅުވި އެވެ.

މި ދިރާސާގައި ފަލަބަލީގެ ބަލިމީހާ ފަރުވާ ދިނުން ހުއްޓާލުމަށް މެދުވެރިވާ ޚަރަދާއި ނޭދެވޭ އަސަރުތަކުގެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި ފަރުވާއަށް ދެމިހުރުމާއި ތަބާވުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *