ހޮނި. މާރޗް 14th, 2026

އެތައް މިލިއަން ބައެއްގެ މޭޒުމަތީގައި އާންމުކޮށް ކާ ކާނާ ކެއުމުން ބޮޑު ގޮހޮރުގެ ބަލިމަޑުކަމެއް ކުރިމަތިވެދާނެ އެވެ.

ގިނަ ބަޔަކު ކަންބޮޑުވާ ހޯދުންތަކުން އެމެރިކާގެ ބެއިލަރ ކޮލެޖް އޮފް މެޑިސިން އިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ލޯބިވާ އެއް ކާނާ ކަމަށްވާ ޗީޒް މާގިނައިން ބޭނުންކުރުމުން ގޮހޮރަށް ގެއްލުން ހުރި ބަދަލުތަކެއް އައިސް ބޮޑު ގޮހޮރުގެ ކެންސަރުގެ ނުރައްކާ އިތުރުވެދާނެ އެވެ.

މި ދިރާސާގައި 34 ބައިވެރިން – ގިނައީ ފިރިހެނުން – ހިމެނިފައިވާއިރު، ޗީޒް މާގިނައިން ބޭނުންކުރުމުން ގޮހޮރުގައި ފައިދާހުރި ދެ ވައްތަރެއްގެ ބެކްޓީރިއާ ބެކްޓީރޮއިޑެސް އަދި ސަބްޑޮލިގްރެނިއުލަމް ހުރުމަކީ ބަލިކަށިވާ ކަމެއް ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

ސްޕުޓްނިކް އަރަބިކް އިން ބުނާ ގޮތުގައި މި ދިރާސާއިން ދައްކާ ގޮތުގައި ޗީޒަކީ ފަރުމަސް އުފައްދާ އުފެއްދުމަކަށް ވުމުން، ފަރުމަންޓޭޝަންގެ ތެރޭގައި ކޮމްޕައުންޑްތައް އުފެދި، ބައެއް މީހުންގެ ގޮހޮރުގެ މައިކްރޯބަޔޮމްގެ ބެލެންސަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ.

މިއާ ހިލާފަށް ދިރާސާއިން ދައްކާ ގޮތުގައި ކިރާއި ކިރު އުފެއްދުންތައް (ޗީޒް ފިޔަވައި) ބޭނުންކުރުމަކީ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް އަށް މަޝްހޫރު ފެކެލިބެކްޓޭރިއަމް ފަދަ ފައިދާހުރި ބެކްޓީރިއާގެ މިންވަރު މަތިވުމާ ގުޅުން ހުރި ކަމެކެވެ. ނަމަވެސް ޔޯގަޓަކީ ގޮހޮރަށް ދުޅަހެޔޮ ކާނާއެއްގެ ގޮތުގައި މަޝްހޫރުވި ނަމަވެސް، ދުޅަހެޔޮކަން ކުޑަކުރުމުގައި ސާފު ނަތީޖާއެއް ނުފެނުނެވެ.

”މަކްރޯބަޔޮމް އަކީ ބޮޑު ގޮހޮރުގެ ބަލިތައް އުފެދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް، އަދި ވަކި ޗީޒްތަކަކީ ބައެއް މީހުންގެ ކެންސަރަށް މަގުފަހިވާ ގޮހޮރު ދުޅަވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ،“ ނިއުޔޯކުގެ އެތެރޭގެ މެޑިސިންގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ.

އޭނާގެ ފަރާތުން މި ދިރާސާގެ ލީޑް އޮތޯރ ޑރ.ލީ ޖިއާއޯ ލަފާދެއްވީ ޗީޒް ބޭނުންކުރުމުގައި މެދުމިނުގައި ބޭނުންކުރުމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ”ވަކި ވައްތަރެއްގެ ޗީޒްގައި ހިމެނޭ ސެޗުރޭޓެޑް ފެޓްސް އަކީ ކުރިން ބޮޑު ގޮހޮރުގެ ކެންސަރުގެ ނުރައްކާ އިތުރުވުމާ ގުޅުން ހުރި އެއްޗެކެވެ.“

ދިރާސާވެރިން ނިންމާފައިވަނީ ގޮހޮރުގައި ހުންނަ ބެކްޓީރިއާގެ ބެލެންސް އަކީ ބޮޑު ގޮހޮރު ރައްކާތެރިކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި، ޗީޒް ޕްރޮޑަކްޓްތައް މާގިނައިން ބޭނުންކުރުމުން ބައެއް މީހުންގެ މި ބެލެންސް ގެއްލިދާނެ ކަމަށެވެ. މިއީ ބެލެންސްޑް ޑައިޓެއްގެ ތެރެއިން އަވަހަށް ޕްރިވެންޓިވް ސްކްރީނިންގ ހެދުމާއި ޕްރޮބަޔޮޓިކްސް ފަދަ މައިކްރޯބަޔޮމް ސަޕޯޓްކުރާ ކާނާ ބޭނުންކުރުމުގެ މުހިންމުކަން އިތުރުކޮށްދޭ ކަމެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *