ހޯމަ. ޑިސެމް 23rd, 2024

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި!

މާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމް ބޭރުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ރޭ އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިތުރު ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންނަކީ “ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން” ކަމަށާއި އެ ދެ މީހުން ހުއްޓުވީ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ބައެއް ބިދޭސީން ހިފަހައްޓައި، އެ މީހުން ޑީޕޯޓްކޮށްލާފަ އެވެ.

އެ އޮޕަރޭޝަންގައި 7 މީހަކު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ލިޔެކިޔުން ނެތް މީހުން ކަމަށާއި އަނެއް ބަޔަކު މަސައްކަތް ކުރަމުން ދިޔައީ ވިސާގެ ޝަރުތުތަކުގެ ބޭރުން ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *